ރިޟްވާން ގެއްލުނުތާ ހަ އަހަރު، އަދިވެސް މައުލޫމާތު ހޯދަނީ

Loading

Facebook
Twitter
WhatsApp

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޝްވާންގެ މައްސަލައާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ހުރިނަމަ އެ މައުލޫމާތު މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ހިއްސާ ކޮށްދިނުމަށް އެ ކޮމިޝަނުން އެދިއްޖެއެވެ.

އެކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އާއިލާއަށް އިންސާފު ނުލިބި އޮތްކަމީ އެ އާއިލާއަށް ލިބިފައިވާ ބޮޑު ހިތާމައެއްކަމަށާއި، އެ ހިތާމައިގައި ކޮމިޝަނުން ބައިވެރިވާ ކަމަށެވެ. އަދި ރިޟްވާންގެ އާއިލާ އާއި ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމަށް ކޮމިޝަނުން ފަށާފައިވާ ބުރަ މަސައްކަތްތައް އެއް އަޒުމެއްގައި ކުރިއަށް ގެންދާނެ ކަމަށް އެކޮމިޝަނުން ހާމަކުރިއެވެ.

ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ، ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު އެ ކޮމިޝަނަށް އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވުމާއި ގުޅިގެން، ކުރިއަށްއޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި އެފަދަ މާހިރެއް އައްޔަނުކުރުމުގެ މަސައްކަތް ރައީސް އޮފީހާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.

މިބަޔާނުގައި އިތުރަށް ބުނީ އެ ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ، މިދިޔަ މަހުގެ ދެވަނަ ދުވަހު ރިޟްވާން އާއި މަރާލާފައިވާ ބްލޮގާ ޔާމީން ރަޝީދު ގެ އާއިލާއާ ބައްދަލުކުރުމަށް ފަހު ކަމަށެވެ.

ރިޟްވާން ގެއްލުނުތާ އިއްޔެއަށް ވަނީ ހަ އަހަރު ފުރިފައެވެ.

Loading

One Response

  1. ސޫދު ކައިރިން އަހާބަލަ ރިލުވާނުގެ ބޯ ކޮބައިތޯ މިހާރު. އޭރު ތަޙުގީގު ނިންމާފަ މަޖިލިސް ރައީސްއަށް އޭގެކޮޕީއެއް ދީފަ ބައިސާ ކެނޑި ރިލުވާނު ދަލަކަށްލާ އޮޅާފަ ބޯބުރިކޮށް ކަނޑަށް ގެއްތީއޯ. މިހާރު އެ ހުރީ ސުޕްރީމް ކޯޓްގައި. މިވެރިން ދައްކާވާހަކަ ކިހިނެއް ގަބޫލުކުރާނީ؟ ހަމަ ހުސް އެއްވަރުގެ ބައިސާ ކަނޑާ ވެރިން. ބޯހަލާކު!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް