އައިމީ: ރިޒް ކާލްޓަންގެ މާކެޓިން މެނޭޖަރ

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ބްރޭންޑް ކަމަށްވާ ރިޒް ކާލްޓަން އިން ރާއްޖޭގައި އަލަށް ހުޅުވާ ފަރި މޯލްޑިވްސް ރިސޯޓުގެ، މާކެޓިން މެނޭޖަރަކަށް އައިމިނަތު ރުޝާ ހާދީ (އައިމީ) ހަމަޖައްސައިފިއެވެ.

އައިމީ ވަނީ އިނގިރޭސިވިލާތުގައި ޓޫރިޒަމް ދާއިރާއިން މަތީ ތަޢުލީމް ފުރިހަމަ ކުރައއްވާފައެވެ. ރާއްޖޭގައި އަލަށް ހުޅުވާ ރިސޯޓުތަކުގެ މާކެޓިންގެ ހެޑްގެ މަޤާމަށް ދިވެހިން ހަމަޖެއްސުމަކީ އެހާ އއާއްމުކޮށް ކުރާ ކަމެއް ނޫނެވެ. މީގެ އިތުރުން އައިމީ ޓޫރިޒަމްގެ ދާއިރާގައި މަސައްކަތް ކުރައްވާތާ މިހާރު 10 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެގޮތުން ޓޫރިޒަމްގެ ސިނާއަތުގެ ބްރޭންޑްތަކުގެ ގިނަ މަޤާމްތަށް ފުރުއްވާ މާކެޓިން ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައި ވެއެވެ.

އައިމީ ފުރުއްވާފައިވާ މަޤާމްތަކުގެ ތެރޭގައި ލަކްސް މާލެ އެޓޯލް ރިސޯޓުގެ މާކެޓިނން ސޭލްސް އެންޑް މާކެޓިން ކޯޑިނޭޓަރ ކަމާއި ގިލި ލަންކަން ފުށީގެ ސޭލްސް އެންޑް މާކެޓިން ކޯޑިނޭޓަރކަމާއއި ޝެޗަލް ބްލޮންކް ރަންދެލި ރިސޯޓާއި ކޮންޑްރެޑް މޯލްޑިވްސް ރަންދެލި ރިސޯޓުގެ ޝަންގްރިއްލާ ވިލިނގިލި ރިސޯޓުގައި މަސައްކަތް ކުރައްވާފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް