އޭޑީބީ އިން ރާއްޖެއަށް 73 މިލިއަން ޑިލަރުގެ ލޯނެއް

Loading

Facebook
Twitter
WhatsApp

އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑިބީ) އިން ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫއެއް ހިންގުމަށްޓަކައި ރާއްޖެއަށް 73 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.1 ބިލިއަން ރުފިޔާ) ލުއި ލޯނެއް ދޭން ނިންމައިފިއެވެ.

މި މަޝްރޫޢުގެ ދަށުން ދުވާލެއްގެ މައްޗަށް 500 މެޓްރިކް ޓަނުގެ ކުނި ޕްރޮސެސްކޮށް އެ ކުނިން ހަކަތަ އުފައްދާ ޕްލާންޓެއް ޤާއިމު ކުރާނެ ކަމަށާއި، ދުވާލެއްގެ މައްޗަށް ދުވާލަކު 250 ޓަނުގެ ކުނި ޓްރީޓްކޮށް އަށް މެގަވޮޓް ކަރަންޓް އުފެއްދޭ ވަރުގެ ވަސީލަތެއް ޤާއިމު ކުރާނެ ކަމަށާއި، ވައި ނުސާފުވުން ކޮންޓްރޯލް ކުރެވޭ ނިޒާމަކާއި ބާކީ ހުންނަ ކުނި ރައްކާތެރި ކަމާއެކު ނައްތާލުމަށް ޚާއްސަ ކުނިކޮށްޓެއް ވެސް ހަދާނެ ކަމަށް އޭޑީބީ އިން ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢު ހިންގަން އޭޑީބީ އިން ވަނީ އަމިއްލަ ފަރާތަކާއި 15 އަހަރު މިތަން ބަލަހައްޓައި ދޭން ހަވާލު ކުރަން ނިންމާފައެވެ. އަދި އެންވަޔަރަމެންޓް މިނިސްޓްރީ އާއި އީޕީއޭގެ ފަންނީ ޤާބިލްކަން އިތުރުކޮށް ޢާއްމުންގެ މެދުގައި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ހޭލުންތެރި ކުރުވަން ހޭދަ ކުރުމަށް ނިންމާ، އީޕީއޭ އާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ފަންނީ ޤާބިލްކަން އިތުރު ކުރަން 500،000 ޑޮލަރުގެ ހިލޭ އެހީއެއް ވެސް ދިނުމަށް އޭޑީބީން ވަނީ ނިންމާފައެވެ. މި މަޝްރޫޢު އަށް ދިވެހި 27.74 މިލިއަން ޑޮލަރު ހޭދަ ކުރާނެއެވެ.

އޭޑީބީ އިން އެންމެ ގިނައިން އެހީވެދޭ އެއް ޖަމިއްޔާއެވެ. ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރަން ކުރަމުންދާ މަސައްކަތްތަކަށް އެއް މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވަނީ ދާދި ފަހުން ރާއްޖެއަށް ދީފައެވެ. އެއީ 50 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 770 މިލިއަން ރުފިޔާ) އެވެ. އެއިގެ ތެރެއިން 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 385 މިލިއަން ރުފިޔާ) އަކީ ލޯނެވެ. އަދި 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) އަކީ ހިލޭ އެހީގެ ގޮތުގައި ދޭ ފައިސާއެވެ.

މިފައިސާ ދިނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހުރި ހޮސްޕިޓަލުން ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ވަސީލަތްތައް ހަމަޖެއްސުމާއި ދުވާލަކު 800 ޓެސްޓް ހެދޭނެ ވަރަށް ޓެސްޓް ކުރުމުގެ ޤާބިލުކަން އިތުރު ކުރުމާއި އަންހެނުންނާއި ފިރިހެނުންނަށް ޚާއްސަ އައިސޮލޭޝަން 400 އެނދު ޤާއިމުކޮށް އިތުރު، 200 އައިސީޔޫ އެނދު ހޯދުމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް