ހެލްތުގެ އޮޑިޓު ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅާކަށް ފަހެއް ނުޖެހޭނެކަމަށް ސަރުކާރުން ބުނެފި

Loading

Facebook
Twitter
WhatsApp

ހެލްތުގެ އޮޑިޓު ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅާކަށް ފަހެއް ނުޖެހޭނެކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ކުރެވުނު ހަރަދުތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ޚަރަދާއި ވީނުވީ އެއް ނޭނގޭ ހަރަދުތަކެއް ކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓްއިން ހާމަވެފައިވާތީ ސަރުކާރުން ވަނީ އެކަންކަން ބަލައި ފިޔަވަޅު އަޅާނެކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ”އެއީ ކޮންމެ ބޭފުޅަކަސް އަޅުގަނޑުމެން ފަހެއް ނުޖެހޭނަން ފިޔަވަޅު އަޅާކަށް. އެ ޔަގީންކަން އަޅުގަނޑުމެން ދެން،“ ކަމަށެވެ. އަދި އޮޑިޓު ރިޕޯޓު ރައީސް އޮފީހަށް ރަސްމީކޮށް ލިބުމާއި އެކު އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާނެ ކަމަށް ހޫދު އިތުރަށް ވިދާޅުވި އެވެ.

އޮޑިޓް ރިޕޯޓްގައި ހާމަވެފައިވާ ގޮތުގައި ރިޕޯޓުގައި ބުނީ މީގެއިތުރުން ވެސް ސިއްހީ ގިނަ ސާމާނުތަކެއް ގަތުމަށް ހަވާލުކޮށްފައިވާ އިރު މިނިސްޓްރީ އަށް އެ ތަކެތިި ނުލިބޭ ކަމަށެވެ. މިރިޕޯޓްގައި އޮޑިޓަ ޖެނެރަލް ލަފާ ދެއްވާފައިވަނީ ސިއްހީ ސާމާނު ގަތުމަށް ދައުލަތުގެ ބަޖެޓުން ހޭދަކުރި ފައިސާގެ ހިސާބުތައް ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބެލެހެއްޓުމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް