ފުލުހުން މިފަހަރު ހައްޔަރުކުރީ މަސްތުވެފައި ހުރި ފުލުހެއް!

Loading

Facebook
Twitter
WhatsApp

މަސްތުވެގެން ހުރި ފުލުހަކު މަސްތުވާތަކެއްޗާއެކު ކ. ކާށިދޫން ހައްޔަރު ކޮށްފިއެވެ.

33 އަހަރުގެ ފިރިހެން މީހާ މަސްތުގެން ހުރި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކޮށް، ފުލުހުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތިން ޕެކެޓް ފެނިފައިވާ ކަމަށާއި މިޕެކެޓްތަށް ފެނިފައިވަނީ އޭނާ ދިރިއުޅޭ ތަނުން ކަމަށް ފުލުހުން ހާމަކުރެއެވެ.

އަދި އޭނާ ހައްޔަރުކޮށް ޔޫރިން ޓެސްޓު ކުރިއިރު މަސްތުވާތަކެއްޗަށް ވަނީ ޕޮސިޓިވް ވެފައި ކަމަށާއި އޭނާގެ ބަންދުގެ މުއްދަތު ކާށިދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 10 ދުވަސް އިތުރުކޮށްފައެވެ. އޭނާ އަކީ އެހެން ރަށެއްގައި މަސައްކަތް ކުރާ މީހެއް ކަމަށާއި އެފުލުސް މީހާ ކާށިދޫ އަށް ގޮސް ހުރީ ޗުއްޓީގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އަންނަނީ މިމައްސަލަ ތަހުޤީޤު ކުރަމުންނެވެ.

Loading

2 Responses

  1. ކޮންއިރަކުން ޖާބިރު އަބަދު އެހުންނަވާ ޙާލު ޗެކްކޮށްލަދެއްވާނީ؟ ރައީސްމީހާއަށް މަޖިލީހުގައި ވަގަށްގޮވާ ކުރުދޮށިން އަޅާލައިފި. ހޯމް މިނިސްޓަރަށް އީދު މުބާރިކު ފޮނުވައިފި. ޗީފް އޮފް ސްޓާފަށް ޢީދުމުބާރިކުފޮނުވައިފި. މަޖިލިސްގެ ރައީސް އާއި ޖޭއެސްގެ ރައީސާއާއި ދެބޭފުޅުންގެ ލޯބީގެ ވާހަކައާއި އެދެބޭފުޅުން ބަދު އަޚުލާގީ ކަންތައް މައްޗަށްގޮސް ދެބޭޅުން ޖިމާޢ ވެއްޖޭ ގޮވާއިފި. ދިޔަނާ ބުންޏޯ މަޖިލީސްގެ ރައީސްގެ ބޯ ހުންނަނީ ތިރީގައޭ މަ ހީކުރަނީ ބޯ ހުންނާނީ މަތީގައިކަމުގައި ސުވާލު ކުރައްވައިފި! ދެންދެން މިއޮއްގައުމިއްޔަތެއް؟ މިއީބާ މަޖިލިސްގެ ރައީސް އެވިދާޅުވާ ގައުމިއްޔަތު ބަދަލުކުރުމަކީ. ފުލުސްމީހާ ތިވަނީ މަސްތު ޙާލަތުގައި ހައްޔަރުކޮށްފަޔޯ؟ ދެން މަސްތުވެގެން އުޅޭ އެހެންމީހުނާދޭތެރޭވެސް ތިމިންގަނޑުން ބައްލަވާދެއްވާ. ވަކި މީހަކަށް ވަކިގޮތެއް ހަދާ އިންސާފު ޚާރާބު ކުރާކަށް ގާނޫން ތަނެއްނުދޭނޫންތޯއެވެ.

  2. ވަރަށް ރަނގަޅު ވާހަކައެއް މޫސާ ފިކުރީ! އެހެނަސް މިގައުމު އަބަދުވެސް ދެރަމީހުނަށް ދެރަގޮތް މޮޅުމީހުންނަށް މޮޅުގޮތް. އެއީ އަބަދުވެސް އެކަން ހިނގާގޮތެވެ. މިހާރުވެސް އެކަން ތިދަނީ އެގޮތަށެވެ. ވަރަށް ދެރައޭ ބުނެ މިނިންމާލީ އިނގޭ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް