އޮންލައިން ވިޔަފާރިތައް ވެބްސައިޓަކުން ބަލައިލެވޭނެ ގޮތް ހަދަނީ

Loading

Facebook
Twitter
WhatsApp
parking space in male city news

ކޯވިޑް-19 ގެ މި ހާލަތުގައި ކުދި އޮންލައިން ވިޔަފާރިތަކަށް އަމާޒުކޮށްގެން އަދި އެފަދަ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމުގެ މަގްސަދުގައި ވެބްސައިޓެއް އުފައްދަން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ޔޫއެންޑީޕީ މޯލްޑިވްސް އާއި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން ގުޅިގެން ކުރާ މި މަސައްކަތުގެ ދަށުން، އަޒަބައިޖާންގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް، ކޮމިއުނިކޭޝަންސް އެންޑް ހައި ޓެކްނޮލޮޖީޒް އާއި ޔޫއެންޑީޕީ އަޒަރުބައިޖާންއާއެކު ވަނީ މިކަމަށް ޕާޓްނާޝިޕަކަށް އައިސްފައެވެ. މީގެ ދަށުން އޮންލައިންކޮށް ހިދުމަތް ފޯރުކޮށްދޭ ވިޔަފާރިތަކަށް އަމާޒުކޮށްގެން ’ލިސްޓިން ވެބްސައިޓެއް‘ ޑިވެލޮޕް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން ބުނެޏެވެ.

އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރުމަށް ހަމަޖެހިފައިވާ މި ވެބްސައިޓްގައި ރަޖިސްޓްރީ ވުމުގެ ފުރަތަމަ ބުރުގެ މުއްދަތު ހުޅުވާލާފައިވަނީ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ. އޮންލައިކޮށް ފޯމް ފުރުމަށްފަހު އީމެއިލް ކުރެވޭނެ އެވެ.

ގަނެ ވިއްކުމުގައި، އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމާއި ވިޔަފާރީގެ މުއާމަލާތްތައް ހިންގާއިރު ސަމާލުކަން ދޭންޖެހޭ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމަކީ މި ވެބްސައިޓުގެ މަގްސަދަކަށް ވާއިރު، ޑިޖިޓަލް ވިޔަފާރިއެއް ފަށައިގަތުމާއި ގޭގައި ތިބެގެން ވިޔަފާރިއެއް ހިންގަން ކަންކުރަންވީގޮތުގެ އިރުޝާދުތަކާއި މައުލޫމާތުތައް ބަދަލުވަމުންދާ މާހައުލާއި، ގާނޫނާއި ގަވާއިދުތަކަށް ރިޢާޔަތްކުރުމަށްފަހު މި ވެބްސައިޓްގެ ޒަރިއްޔާއިން ފޯރުކޮށްދޭނެ އެވެ.

މި ވެބްސައިޓްގެ ޒަރިއްޔާއިން މިފަދަ ވިޔަފާރިތަކަށް ވެބްސައިޓްގައި ހިލޭ ލިސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މީގެ ތެރޭގައި ތައުލީމާއި، ސިއްހަތާއި، މުނިފޫހިފިލުވުމާއި، ކެއިންބުއިމުގެ ހިދުމަތް ފަދަ ހިދުމަތްތައް ދޭ ވިޔަފާރިތައް ހިމެނޭނެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް