"ހައްގުފޮށި" ގެ ނަމުގައި އިދިކޮޅުން ފަންޑު ފޮއްޓެއް ހުޅުވައިފި

Loading

Facebook
Twitter
WhatsApp

ޖޫރިމަނާ ދެއްކުމުގެ ގޮތުން އިދިކޮޅު ދެ ޕާޓީ، ޕީޕީއެމާއި ޕީއެންސީ ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފައިވާތީ އެ ފައިސާ ދެއްކުމަށް ”ހައްގުފޮށި“ ގެ ނަމުގައި ފަންޑު ފޮށްޓެއް ހުޅުވައިފިއެވެ.

”ހައްގުފޮށި“ގެ ނަމުގައި އިދިކޮޅުން ފަންޑު ފޮއްޓެއް ހުޅުވާފައި ވަނީ މިއަދު ހަވީރު ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އިދިކޮޅު ދެ ޕާޓީ އިލެކްޝަން ކޮމިޝަނުން ޖޫރިމަނާ ކޮށްފައިވަނީ 150،000 ރުފިޔާއިންނެވެ. އީސީ އިން ބުނީ، އެ ދެ ޕާޓީން އިސްވެ އޮވެ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލާ މާލެ އަތޮޅު މާފުށީ ބޭރުން ކަނޑުމަތީގައި ކުރި މުޒާހަރާ އާއި، މާލޭގައި ގިނަ އަދަދެއްގެ ބަޔަކު ހިމެނޭ ގޮތަށް ބޭއްވި ސައިކަލް ބުރުގައި އަމަލު ކޮށްފައިވާ ގޮތަށް ބަލައިގެން ކަމަށެވެ.

ޕީޕީއެމްއާއި ޕީއެންސީ ކޮންމެ ޕާޓީއެއް 75،000 ރުފިޔާއިން ޖޫރިމަނާކޮށްފައި ވާއިރު، ސައިކަލް ބުރާއި ގުޅިގެން ކުރީގެ ރައީސް އަދި އިދިކޮޅުގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުގެ އިތުރުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ފުލުހަށް ހާޒިރުކޮށް 1،000 ރުފިޔާ އިން ވަނީ ޖޫރިމަނާ ކޮށްފައެވެ.

ފަންޑުފޮށި ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމް އަދި ޕްރޮގްރެސިވް ކޯލިޝަންގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމް އާއި ޕީއެންސީ ޖޫރިމަނާ ކުރުމަކީ އެ ދެ ޕާޓީގެ ސަޕޯޓަރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި ޖޫރިމަނާ ދެއްކުމުގައި އެހީތެރިވެދިނުމަށް އާންމު މެންބަރުން އެދެމުންދާތީ ”ހައްގު ފޮށި“ ނަމުގައި ފަންޑު ފޮށްޓެއް ހުޅުވުމަށް އެ ކޯލިޝަނުން ނިންމީ ކަމަށެވެ.

ފަންޑު ފޮށި ހުޅުއްވައިދެއްވީ ކުރީގެ ރައީސް އަދި އިދިކޮޅުގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެމަނިކުފާނު ވަނީ އެ ފަންޑަށް ފައިސާ ހަދިޔާ ކުރައްވާފައެވެ. އަދި ކޯލިޝަންގެ އިސް ބޭފުޅުންވެސް ވަނީ ފައިސާ ހަދިޔާ ކުރައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް