ޓެކްނޮލޮޖީ ސްޓާޓަޕްތަކަށް އެކުވެރި ވެއްޓެއް މީގެކުރިން ރާއްޖޭގައި ގާއިމްވެފައި ނުވޭ: މިނިސްޓަރ މަލީހު

Loading

Facebook
Twitter
WhatsApp

ޓެކްނޮލޮޖީ ސްޓާޓަޕްތަކަށް އެކުވެރި ވެއްޓެއް މީގެކުރިން ރާއްޖޭގައި ގާއިމްވެފައި ނުވާކަމަށާއި، އެފަދަ ވެއްޓެއް ގާއިމުކޮށްދިނުމަކީ ސަރުކާރުން ކުރަންޖެހޭ މަސައްކަތެއް ކަމަށް ގަބޫލުކުރައްވާކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ސްޓާޓަޕްތަކާ ގުޅޭ ވެއްޓެއް ނުވަތަ އީކޯސިސްޓަމެއް ގާއިމްކުރަން މައިކްރްސޮފްޓާއި ގުޅިގެން ކޮމިއުނިކޭޝަން މިނިސްޓްރީން މަސައްކަތްކުރަން ވަނީ ފަށާފައެވެ. މައިކްރޮސޮފްޓާއި އެކު ކުރިއަށް ދިޔަ ބައްދަލުވުމުގައި ކޮމިއުނިކޭޝަން މިނިސްޓަރު މަލީހުގެ އިތުރުން މެނާ އަދި ސާކް ސަރަހައްދުގެ މައިކްރޮސޮފްޓް ސްޓާޓަޕްގެ ކަންޓްރީ ހެޑް ލަތިކާ ޕައި ބައިވެރިވި އެވެ. އެ ކުންފުނީގެ އިތުރު މެމްބަރުންނާއި ޖެން އިންޑިއާ ޓީމުން ވެސް މި ބައްދަލުވުމުގައި ބައިވެރިވަޑައިގަތެވެ.

ހަމައެކަނި ރާއްޖޭގައި ބޭނުންކުރެވޭ ފަދަ ޓެކްނޮލޮޖީ އުފެއްދުމުގެ ބަދަލުގައި އެހެން ގައުމުތަކަށް ވެސް ބޭނުންތެރި ޓެކްނޮލޮޖީ އުފައްދަން އިސްކަން ދިނުން މުހިއްމު ކަމަށް މިނިސްޓަރު މި ބައްދަލުވުމުގައި ވިދާޅުވި އެވެ.

މިނިސްޓަރީން ބުނީ، މި މަސައްކަތާ ގުޅިގެން ޓެކްނޮލޮޖީގެ ރީޖަނަލް ޖަބަކަށް ރާއްޖެ ހަދަން ފަސޭހަ ވާނެ ކަމަށެވެ.

ޓެކްނޮލޮޖީގެ ދާއިރާގައި ވިޔަފާރިތަކަށް އަލަށް ވަންނަ މީހުންނަށް ފުރުސަތު ހުޅުވަން މައިކްރޮސޮޕްޓުން ކުރިއަށް ގެންދާ ”ހައިވޭ ޓު ހަންޑްރެޑް ޔުނިކޯންސް“ ޕްރޮގްރާމާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރި އެވެ. އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދޭނީ އެ ކުންފުނިން ކުރިއަށް ގެންދާ ”އެމާޖް އެކްސް“ މުބާރާތުގައި ބައިވެރިވާ މީހުންނަށެވެ.

އެ މުބާރާތުގައި ބައިވެރިވާ ވިޔަފާރިތަކަށް ލިބޭ ފައިދާތަކުގެ ތެރޭގައި އެއް އަހަރު ދުވަހުގެ މެންޓާޝިޕް ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތުގެ އިތުރުން، ޓެކްނޮލޮޖީއާ ގުޅޭ ތަފާތު ސަރަހައްދީ އިވެންޓުތަކުގައި ވެސް ބައިވެރިވުން ހިމެނެ އެވެ.

Loading

One Response

  1. މިވެސް އުޅޭ މިނިސްޓަރެއް! އިންޓަނެޓްގެ އަގު ހެޔޮވާނެ ހެޔޮވާނެ މިހާރު އެވެނި މިވެނި ސާވޭ ހަދަނީ. ދެ އަހަރު އެބައިސާގައި މިދަނީ. މިހާރު ދިރާގުގެ އިންޓަނެޓުން އެއްޗެއް ލޯޑްކޮށްނުލެވެ. އަގު ހެޔޮވީމާ ދެން ޙާލާއިމެދު ވިސްނަން ޖެހޭނީ. މިނިސްޓަރުގެ 5 އަހަރު ޓާމު ނިމޭއިރުވެސް އަގުހެޔޮވަނީ މިހާރު ފަހުގެ ސާރވޭ ކުރަނީ، މިނޫން އެއްޗެއް އަޑެއްނީވޭނެއެވެ. ބޯހަލާކު!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް