ތިނަދޫ އާއި ކުޅުދުއްފުށީގައި ޓާޝަރީ ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަނީ

74

ހދ ކުޅުދުއްފުއްޓާއި ގދ ތިނަދޫ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީ އިން ކުރި އިއުލާނުގައި ބުނީ ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން ކުޅުދުއްފުއްޓާ ތިނަދޫ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނު ކުރާ ކަމަށެވެ.

އިއުލާނުގައި ބުނީ މި ދެ ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 2.3 މިލިއަން ރުފިޔާގެ ނުވަތަ އެއާ އެއްވަރުގެ އަދަދަކުން ޑޮލަރު ހުށަހަޅަން ޖެހޭ ކަމަށާއި، މި މަސައްކަތްތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުން ކަމަށެވެ.

ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް  1,500 ރުފިޔާ ނުވަތަ 100 ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ. ފައިސާ ބަލައިގަންނާނީ 13 ސެޕްޓެންބަރުން 21 އޮކްޓޫބަރުގެ ނިޔަލަށް ބަނޑޭރި ޕޯޓަލުންނެވެ.

ރާއްޖޭގެ ފަސް ސަރަހައްދުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކެއް ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ޓާޝަރީ ހޮސްޕިޓަލު ތަރައްގީ ކުރަނީ ހދ ކުޅުދުއްފުއްޓާއި، ރ. އުނގޫފާއުގެ އިތުރުން ގދ ތިނަދޫ އާއި ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫ ހޮސްޕިޓަލެވެ. ހިތަދޫ ގައި އީކުއެޓޯރިއަލް ހޮސްޕިޓަލު ގާއިމްކޮށް މިހާރު އެތަނުން ދަނީ ފަރުވާ ދެމުންނެވެ.

މަސައްކަތްތަކާ ބެހޭ ލިޔެކިޔުންތަކުގެ ސޮފްޓްކޮޕީ މިމަހުގެ 14 އިން ފެށިގެން ފިނޭންސްގެ ވެބްސައިޓުން ލިބޭނެެއެވެ.

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ