‘މޯލްޑިވްސް ވިމެން އިން ޕޮލިސިން" އާއި "ޕްރޮޖެކްޓް ގާޑިއަން" އިފުތިތާހުކޮށްފި

Loading

Facebook
Twitter
WhatsApp

”މޯލްޑިވްސް ވިމެން އިން ޕޮލިސިން“ އާއި ޕްރޮޖެކްޓް ގާޑިއަން“ ފަސްޓްލޭޑީ ފަޒްނާ އަހުމަދު އިފްތިތާހުކޮށްދެއްވައިފި އެވެ.

އިސްކަންދަރުކޮށީގައި އިފްތިތާހުކުރި މި ކަމަކީ މޯލްޑިވްސް ޕޮލިސް ސަވިސްއިން ކުރިޔަށް ގެންދާ ދެ މަޝްރޫއެކެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން އެކަމަނާއަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓްލޭޑީ ވިދާޅުވީ، ”މޯލްޑިވްސް ވިމެން އިން ޕޮލިސިން“ ފަދަ ކޮމިޓީއެއް އުފައްދާ ހިންގުމުގެ ދާއިރާގައި އަންހެނުންގެ ދައުރު އިތުރަށް ފުޅާކުރުމަކީ އަންހެނުން ބާރުވެރި ކުރަން ކުރާ މަސައްކަތުގައި ފެށުމެއް ކަމަށެވެ. ކުރިއަށް ހުރި މަސައްކަތްތައް ގިނަ ކަމަށް ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ އެކަން ހާސިލު ކުރެވޭނީ އަންހެން އަދި ފިރިހެން އޮފިސަރުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާއި އެކުގައި ކަމަށެވެ.

އެކަމަނާ ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަކީ އަންހެނުން މަސައްކަތް ކުރުމަށް އެކަށީގެންވާ ތަނަކަށް ހެދުމަށާއި އަންހެނުން މުޖުތަމައާއި އާއިލާގައި އަދާކުރާ ދައުރު ބަލައިގަނެ، މަސައްކަތުގެ މާއުލުންނާއި ސިޔާސަތުތަކުން އެ ކަންކަމަށް ޖާގަ ދޭންޖެހޭނެ ކަމަށެވެ.

މީގެއިތުރުން އެކަމަނާ ވަނީ އަންހެން މުވައްޒަފުންގެ ގާބިލުކަން ދެއްކުމަށް މަސައްކަތުގެ މާހައުލަކީ ހަމަހަމަ އަދި ރައްކާތެރި ތަނަކަށް ހެދުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް