އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީއިން ޝުޢައިބަށް ފިޔަވަޅު އަޅައިފި

އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގެ ނައިބު މުޤައްރަރު ޝުޢައިބް ޢަލީ އެކޮމިޓީގެ ނައިބު މުޤައްރަރު ކަމުންނާއި އެކޮމެޓީގެ މަސްޢޫލިއްޔަތު ތަކުން އެކަހެރިކޮށްފިއެވެ. ޝުޢައިބު ޢަލީ މަޤާމުން އެކަހެރިކޮށްފައި ވަނީ ކޮމެޓީއަށް ހުށައަޅައި ބަލަމުންދާ މައްސަލައަކާއި ގުޅިގެންނެވެ. ޝުޢައިބު މިއަދު ބުނެފައިވަނީ ކޮމެޓީއިން އޭނާ މަޤާމުން އެކަހެރިކޮށްފައިވަނީ އެމްޑީޕީގެ ވެރިންގެ ކާޓޫނު ކުރަހައިގެން ކަމަށެވެ. އޭނާ ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި ރައީސް ނަޝީދުގެ ކާޓޫނުތަކެއް ކުރަހައި ޓްވިޓާގައި ޝެއަރ ކޮށްފައެވެ. ފިޔަވަޅު އަޅާ ކޮމެޓީއިން ޝުޢައިބް އެކަހެރިކުރި […]
މަރްޙޫމް ޙުސެއިން މުޙައްމަދުގެ ޒިކުރާގައި ތަޢުބީނުގެ ޖަލްސާއެއް ބާއްވައިފި

ދިވެހި ޤައުމަށް އަގުހުރި ޙިދްމަތް ތަކެއް ކޮށްދެއްވި ޙިދުމަތް ތެރިޔާ އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލްމަރްޙޫމް ޙުސެއިން މުޙައްމަދު ގެ ޒިކުރާގައި ތަޢުބީނުގެ ޖަލްސާއެއް ބާއްވައިފިއެވެ. މިޖަލްސާ އިންތިޒާމުކޮށް ބާއްވާފައިމިވަނީ އެމަނިކުފާނު އެޕާޓީއަކަށް ނިސްބަތްވި ޕާޓީ ޖުމްހޫރީ ޕާޓީއިންނެވެ. އަދި މިޖަލްސާ ބޭއްވީ ވަރޗުއަލްކޮށެވެ. ރޭބޭއްވުނު މިޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ރައީސް ޤާސިމް އިބްރާހިމްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ޖުމްހޫރީ […]
ސިންގަޕޯ އެއާލައިނުން 4000 ވުރެ ގިނަ މުވައްޒަފުން ވަކިކުރަނީ

ސިންގަޕޫރުގެ ސިންގަޕޯ އެއާލައިނުން 4000 ވުރެ ގިން މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނިންމައިފިއެވެ. ސިންގަޕޯ އެއާލައިނުން ބުނެފައިވަނީ 4،300 މުވައްޒަފުން ވަކިކުރަން ނިންމި ނަމަވެސް އެ އަދަދު މަދުވެދާނެ ކަމަށެވެ. ސަބަބަކީ ގްރައުންޑް ސްޓާފުންނަށާއި ޕައިލޮޓުންނަށް ތައާރަފުކުރި އާލީ ރިޓަޔަމަންޓް ޕްލޭނާއި، ކެބިން ކްރޫ އިންނަށް ތައާރަފުކުރި ސެލްފް ރިލީޒް ޕްރޮގްރާމު އަދި އަލަށް މުވައްޒަފުން ނެގުން ހުއްޓަލާފައި އޮތުން ކަމަށް އެ އެއާލައިނުން މައުލޫމާތު ދެއެވެ. މިކަމާ ގުޅިގެން 2،400 މުވައްޒަފުން ވަކިކުރަން ޖެހިދާނެ […]
ބްލެކް މާކެޓުގައި ޑޮލަރުގެ އަގު ވެއްޓިއްޖެ

ބްލެކް މާކެޓުގައި ޑޮލަރުގެ އަގު ބޮޑުވެފައި ވަނިކޮށް ކުއްލިއަކަށް ވެއްޓިއްޖެ އެވެ. ޑޮލައިގެ އަގު 20ރ. އިން މައްޗަށް އަރާފައި ވަނިކޮށް ކުއްލިއަކަށް މިވަނީ ވެއްޓިފައެވެ. މާލޭގައި ޑޮލަރު ގަނެ ވިއްކާ ތަންތަނުން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ޑޮލަރު ގަންނަމުން ދިޔައީ އެންމެ ކުޑަކޮށް 19.80ރ. އަށެވެ. އެކަމަކު މިހާރު ޑޮލަރެއްގެ އަގު ވަނީ 18:80ރ. އަށް ވެއްޓިފަ އެވެ. ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި އޮތުމުން ޑޮލަރު ލިބުން ތާށިވެ، އޭގެ އަގު […]
އައްޑޫ އެއަރޕޯޓުގެ ވެލުއޭޝަން ހަދަން ނިންމައިފި

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) ގެ ވެލުއޭޝަނެއް ހަދަން ނިންމައި، އެކަން ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފި އެވެ. އޭއައިއޭގެ ވެލުއޭޝަނެއް ހަދަނީ މިހާރު ހުރި މައްސަލަތައް ބަލައި، އެ ކަންކަމަށް ހައްލު ގެވޭނެ ގޮތް ތަކެއް ހޯދާށެވެ. ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ މިނިސްޓްރީން ތައްޔާރު ކޮށްފައިވާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރު) އާ އެއްގޮތަށް އޭއައިއޭ ވެލުއޭޝަން ހަދައި ދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. މި […]
މިހާރު މިއޮތް ކާރިސާއަކީ ހަޤީޤަތެއް ނޫން: ޓްރަމްޕްގެ ސަޕޯޓަރުން

މިހާރު ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުން މިދާ ކޮވިޑް-19ގެ ކާރިސާއަކީ ހަޤީޤަތެއް ނޫންކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ބުނެފިއެވެ. އެމީހުންގެ ޝުޢޫރުތަށް މިހެން ފާޅުކޮށްފައިމިވަނީ ކުރިއަށް އޮތް އިންތިޙާބަށް ތާޢީދު ހޯދުމަށް ބޭއްވި ނެވާޑާ ކެމްޕެއިންގެ ރެލީއަށް އެއްވި އެއްވުމެއްގައެވެ. އެރެލީ ބޭއްވުމަށް ހަމަޖެހިފައިއޮތް މައިދާނުގެ ދޮރު ރެލީގެ ގަޑި ޖެހުމުގެ ކުރިން ހުޅުވާލުމުން އެތަށް ސަތޭކައެއްހާ މީހުންވަނީ އިށީނުމަށް ހަމަޖެހިފައިވާ ގޮނޑިތަކުން ޖާގަ ހޯދުމަށް ވަދެގަނެފައެވެ. އަދި މައިދާނަށް ވަނުމުގައި އިޖްތިމާޢީ ގައިދުރުކަމަށް […]
އިމްޕޯޓް ޑިއުޓީތަކަށް ގެނެވުނު ބަދަލާއި އެކީ އެމްޓީސީސީން ކެމްޕޭނެއް ފަށައިފި

ސަރުކާރުން އިމްޕޯޓް ޑިއުޓީތަކަށް ގެނެވުނު ބަދަލާއި އެކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ”މާބޮޑަށްވެސް އަގުހެޔޮވެއްޖެ“ގެ ނަމުގައި ކެމްޕޭނެއް ފަށައިފިއެވެ. އެމްޓީސީސީން ބުނީ، މި ކެމްޕޭން ހިންގަނީ، ސަރުކާރުން އިމްޕޯޓް ޑިއުޓީތަކަށް ގެނެވުނު ބަދަލާ ގުޅިގެން އެމްޓީސީސީ ކަށަވަރުން ވިއްކާ ސުޒުކީ އައުޓްބޯޑު އިންޖީނު އަދި ޔަންމާ އިންބޯޑް އިންޖީނުތަކުގެ އަގުތަކަށް ހެޔޮބަދަލު ތަކެއް ގެނެވުމާ ގުޅިގެން ކަމަށެވެ. އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށް އެ […]
ޕާކިސްތާން ނަމޫނާއަކަށް ދުނިޔޭގެ އެހެން ޤައުމުތަށް ބަލަންޖެހޭ: ޑަބްލިއުއެޗްއޯގެ ޗީފް

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ޕާކިސްތާން ކާމިޔާބުހޯދި ގޮތް ނަމޫނާއެއްގެ ގޮތުގައި އެހެން ޤައުމުތަކުން ބަލައި ގަންނަން ޖެހޭ ކަމަށް ވޯލްޑް ހެލްތް އޮގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރަސް އަދަނޮމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި މިވަނީ ޕާކިސްތާނުން ކޮވިޑް-19 ކޮންޓްރޯލު ކުރިކުރުމުގެ ވާހަކަ ގިނަބަޔަކު ދައްކަމުންދާ ދަނޑިވަޅެއްގައި، ޑަބްލިއުއެޗްއޯއިން ބޭއްވި ނިއުސްބްރީފިންއެއްގައި އެކަމަށް ތަޢުރީފުކޮށް ވާހަކަދައްކަވަމުންނެވެ. އަދޮނަމްގެ ވާހަކަފުޅުގައި ޕާކިސްތާނުން ކޮވިޑް-19 އާއި ދެކޮޅަށް އެޅި ވަރުގަދަ ފިޔަވަޅުތަކަށް ވަނީ ތަޢުރީފް ކުރަށްވާފައެވެ. އަދި ކޮވިޑް-19 ކޮންޓްރޯލް […]
ޓުއަރިޒަމް ސިނާއަތުގެ ގެ މުވައްޒަފުން ޝަކުވާ ފޮނުވަން ހާއްސަ އީމެއިލް އެއް

ޓުއަރުޒަމް ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކުރުމަށް ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ހާއްސަ އީމެއިލް އެޑްރެސްއެއް ހަމަޖައްސައިފި އެވެ. ޓުއަރިޒަމް މިނިސްޓްރީން ބުނީ، ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އާއި މިނިސްޓްރީއާ ބައްދަލުކޮށް ވަނީ މުވައްޒަފުންނަށް ހިޔާލު ފާޅުކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ނިންމާފައި ކަމަށެވެ. ޓީމް އާ ބައްދަލުކޮށް މިނިސްޓްރީއިން ނިންމާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ މުވައްޒަފުންނަށް ހިޔާލު ފާޅުކުރުމަށް މެއިލްއެއް ހެދުމަށެވެ. އެގޮތުން މިހާރު ވާނީ އެކަމަށް ހާއްސަ މެއިލްއެއް ހަމަޖައްސާފަ […]
އުރީދޫ އިން ރާއްޖެ އިޝްތިހާރު ކުރަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން ރާއްޖެ އިޝްތިހާރު ކުރަން ކެމްޕެއިނެއް ފަށަން ނިންމައިފި އެވެ. އުރީދޫ އިން ބުނީ އެމްއެމްޕީއާރުސީއާ ގުޅިގެން ފަށާފައިވާ ”ވިޒިޓް މޯލްޑިވްސް ނައު“ ކެމްޕޭންގެ ދަށުން އުރީދޫ އޮޕަރޭޓް ކުރާ 10 ގައުމެއްގެ 117 މިލިއަން އަށްވުރެ ގިނަ ކަސްޓަމަރުންނަށް އަމާޒުކޮށް ރާއްޖޭގެ ރީތިކަން ޕްރޮމޯޓް ކުރަން ޑެސްޓިނޭޝަން ކެންޕެއިނެއް ހިންގާނެ ކަމަށެވެ. މި ކެމްޕޭންގެ ދަށުން އުރީދޫގެ ބައިނަލްއަގުވާމީ ނެޓްވޯކްގެ ކަސްޓަމަރުންނަށް، […]