އުރީދޫ އިން ރާއްޖެ އިޝްތިހާރު ކުރަނީ

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން ރާއްޖެ އިޝްތިހާރު ކުރަން ކެމްޕެއިނެއް ފަށަން ނިންމައިފި އެވެ.

އުރީދޫ އިން ބުނީ އެމްއެމްޕީއާރުސީއާ ގުޅިގެން ފަށާފައިވާ ”ވިޒިޓް މޯލްޑިވްސް ނައު“ ކެމްޕޭންގެ ދަށުން އުރީދޫ އޮޕަރޭޓް ކުރާ 10 ގައުމެއްގެ 117 މިލިއަން އަށްވުރެ ގިނަ ކަސްޓަމަރުންނަށް އަމާޒުކޮށް ރާއްޖޭގެ ރީތިކަން ޕްރޮމޯޓް ކުރަން ޑެސްޓިނޭޝަން ކެންޕެއިނެއް ހިންގާނެ ކަމަށެވެ.

މި ކެމްޕޭންގެ ދަށުން އުރީދޫގެ ބައިނަލްއަގުވާމީ ނެޓްވޯކްގެ ކަސްޓަމަރުންނަށް، އުރީދޫ އާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި އުރީދޫގެ މީޑިއާ ޕާޓްނަރުންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހިތްގައިމު ރީތި މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް ދައްކާނެ ކަމަށް އުރީދޫ އިން ބުންޏެވެ. އަދި ސޯޝަލް މީޑިއާގައި ހިއްސާކުރެވޭ މި ޕޯސްޓް ތަކަށް ކޮމެންޓްކޮށް ޝެއާ ކުރާ މީހުންގެ ތެރެއިން ނަސީބުވެރި ފަރާތްތަކަށް ރާއްޖޭގެ ހޮޓެލްތަކުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބި، ތަފާތު އެކި ހަދިޔާތައް ލިބުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ،

”އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަމުން މިދަނީ އުރީދޫ ބައިނަލްއަގުވާމީ ނެޓްވޯރކް މެދުވެރިކޮށް އަދި ލިބިފައިވާ އެހެނިހެން ވަސީލަތްތަކުގެ އެހީގައި އުރީދޫގެ ޚިދުމަތް ފޯރުކޮށްދޭ މުޖުތަމަޢުތަކުގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، ކުރިއެރުން ހޯދައިދިނުމަށް. ކޯވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަށް އައިސްފައިވާ ލޮޅުމާއި ގުޅިގެން އެތަކެއް އާއިލާއަކަށް ވަނީ ދަތިތަކާ ކުރިމަތިވެފަ،“ އުރީދޫގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ ނަޖީބު ޙާން  ވިދާޅުވި އެވެ.

ނަޖީބު ވިދާޅުވީ، މިދަތިތަކުން އަރައިގަތުމަށް ގައުމީ އެއްބާރުލުމަކާއެކު ވިސިޓް މޯލްޑިވްސް ނައު ޑެސްޓިނޭޝަން ކެންޕެއިން މި ފަށައިގަންނަނީ ރާއްޖޭގެ ރީތިކަން ޕްރޮމޯޓްކޮށް، ފަތުރުވެރިކަމުގެ ދާއިރާއަށާއި އެތަކެއް އާއިލާއަކަށް ފާގަތިކަން ގެނުވައިދިނުމުގެ އުއްމީދުގައި ކަމަށެވެ.

އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބު މުހައްމަދު ވިދާޅުވީ އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދާ ”ވިޒިޓް މޯލްޑިވްސް ނައު ޑެސްޓިނޭޝަން ކެންޕެއިންގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް