100 އަށްވުރެ ގިނަ ރިސޯޓު އޮޕަރޭޓް ކުރަން ހުއްދަ ދީފި

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލުމާއިއެކު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 100 އަށްވުރެ ގިނަ ރިސޯޓަކަށް ހުއްދަ ދީފިއެވެ. މިދިޔަ މާރޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކޮވިޑް19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ފަތުރުވެރިން އައުން މެދުކަނޑައިލުމަށްފަހު ޖުލައި 15 ގައި ފަތުރުވެރިކަމަށް ރާއްޖެ އަލުން ހުޅުވާލާފައިވާއިރު، ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 104 ރިސޯޓަކަށް މިހާތަނަށް ހުއްދަ ދީފައެވެ. މީގެ ތެރޭގައި މިހާރު ހިދުމަތްދޭ ރިސޯޓުތަކާއި ކުރިއަށް އޮތް ދެ […]
ކަންނެއްޔާއި ކަޅުބިލަމަސް ގަނެވޭނެ އެންމެ ދަށް އަގު ކަނޑައަޅައިފި

ދޮށީގެ މަސްވެރިކަމުގައި ބާނާ ކަޅުބިލަ މަހާއި ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ފިޝަރީޒް މިނިސްްޓްރީން ކަނޑައަޅައިފި އެވެ. ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ގެނެވުނު ބަދަލާ އެކު 1.5 ކިލޯ އާއި އެއަށްވުރެ ބަރު މަސް ގަންނަން ޖެހޭނީ ކިލޯއެއް 13ރ. އަށްވުރެ ބޮޑުކޮށް ކަމަށެވެ. އަދި 1.5 ކިލޯ އަށް ވުރެ ކުޑަ މަހެއް ގަނެވޭނީ ކިލޯއެއް 5.15ރ. އަށް ކަމަށެވެ. މި ބަދަލަށް އަމަލު ކުރަން ފަށާނީ އަންނަ […]
ރެގިއުލަރައިޒްވާ ބިދޭސީންނަށް ހުއްދަ ދޭނީ ޑިޕޮސިޓް ފައިސާ ދެއްކުމުން: އިކޮނޮމިކް މިނިސްޓްރީ

ބިދޭސީންގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި ބައިވެރިވާ ބިދޭސީންގެ ރެގިއުލަރައިޒޭޝަން އެމްޕްލޮއިމްންޓް އެޕްރޫވަލް (އާރްއީއޭ) ދޫކުރާނީ ޑިޕޮޒިޓް ފައިސާ ދެއްކުމުން ކަމަށް އިކޮނޮމިކް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނިންމައިފި އެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދައެއް ނެތި މަސައްކަތްކުރާ ބިދޭސީން ގަވާއިދަށް ފެއްތުމުގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި ރެގިއުލަރައިޒްވާ ބިދޭސީންނަށް ދެން އާރްއީއޭ ދޫކުރާނީ ބިދޭސީން ވަޒީފާ އަދާކުރުމާބޭހޭ ގަވާއިދު ބުނާ ޑިޕޮސިޓް ފައިސާ ދެއްކުމުން ކަމަށެވެ. އެގޮތަށް އަމަލު ކުރަން […]
މީޑިއާ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވައިލި މުއްދަތު ހޯމް މިނިސްޓްރީން އިތުރުކޮށްފިއެވެ. މީޑިއާ ކައުންސިލްގެ މަގާމުތަކަށް ކުރިމަތިލާން ފުރަތަމަ ހުޅުވާލީ މިމަހުގެ ކުރީކޮޅުއެވެ. މަގާމުތަކަށް ކުރިމަތިލުމަށް ސެޕްޓެމްބަރު 21 އާއި ހަމައަށް ފުރުސަތު ހުޅުވާލައިފައި އޮތް ނަމަވެސް އެކަށީގެންވާ ތަރުހީބު ނުލިބޭކަމަށް ބުނެ ހޯމް މިނިސްޓްރީން މުއްދަތު އިތުރުކޮށްފައި ވަނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ. މީޑިއާ ކައުންސިލްއަށް ކުރިމަތިލާން ހުޅުވާލައިފައިވަނީ މީޑިއާތަކުން ތަމްސީލްކުރާ ހަތް މެމްބަރުންނާއި އާންމުންގެ ފަރާތުން ހަ މެމްބަރުން އައްޔަނު […]
ދަފްތަރުގައި ރަޖިސްޓަރީ ނެތިސް ފްލެޓް ލިބުން މީހުންގެ ނަންތައް އުނިކޮށްފި

ކުރީ ސަރުކާރުން ފްލެޓް ދިން މީހުންގެ ތެރެއިން ދަފްތަރުގައި ތަޖިސްޓްރީ ނެތިސް ފްލެޓް ދިން މީހުންގެ ނަންތައް ލިސްޓުން އުނިކޮށްފި އެވެ. ހިޔާ މަޝްރޫއުގައި ފްލެޓް ދިން ގޮތާ ގުޅޭ ގޮތުން ކުރި ޝަކުވާތައް ބަލަން މި ސަރުކާރުން އުފެއްދި ފްލެޓް ކޮމިޓީން އިއްޔެ ދަފްތަރު ކެޓަގަރީ އަށް ޝަރުތު ހަމަވާ ލިސްޓު އާއްމުކުރީ ބައެއް މީހުންގެ ނަންތައް އުނިކޮށްފަ އެވެ. ހިޔާ މަޝްރޫއުގެ 7000 ފްލެޓުގެ 12 ކެޓަގަރީ އަކުން ފްލެޓް ދިނުމަށް ހުޅުވައިލުމުން ދަފްތަރު […]
ވަކީލުންނަށް އަނެއްކާވެސް ޖަލުގައި ގައިދީންނާ ބައްދަލުކުރެވޭނެ

ގާނޫނީ ވަކީލުންނަށް ޖަލަށް ޒިޔާރާތްކޮށް ގައިދީންނާ މާދަމާ އިން ފެށިގެން ބައްދަލުކުރެވޭނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ. ކޮވިޑް19 އާއި ގުޅިގެން ވަކީލުން ޖަލަށް ޒިޔާރަތްކޮށް މުއައްކިލުންނާ ބައްދަލުކުރުމުގެ ފުރުސަތު މެދުކަނޑައިލި ނަމަވެސް، އެކަމަށް ނިމުމެއް ގެނެސް މާދަމާއިން ފެށިގެން އަލުން ވަކީލުންނަށް ޖަލަށް ޒިޔާރާތްކޮށް ބައްދަލުކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައި ވާ ކަމަށް ކަރެކްޝަނުން ބުންޏެވެ. ކަރެކްޝަންސް އިން ބުނީ މާފުށި ޖަލާއި އައްސޭރި ޖަލަށް ޒިޔާރާތްކުރާ ފަރާތްތަކުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ […]
އިންޑިއާގެ ކޮޗިންއާއި ރާއްޖެއާއި ދެމެދު ފެރީގެ ޚިދުމަތް ފަށައިފި

އިންޑިއާގެ ކޮޗިން އާއި ރާއްޖެއާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ. މި ހިދުމަތް ފައްޓަވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އިންޑިއާގެ ސްޓޭޓް ޝިޕިން މިނިސްޓަރު ޝްރީ މަންސުހް އެލް މަންޑަވިޔާ ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ކޮޗިނަށް ފަށާ ފެރީއަކީ ރާއްޖެ އާއި އެހެން ގައުމަކާ ދެމެދު ކަނޑު ހުރަސްކޮށް ޝެޑިއުލް ފެރީގެ ހިދުމަތް ފަށާ ފުރަތަމަ ފަހަރެވެ. އެ ހިދުމަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކޮޗިން […]
ފެނަކައަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ 22 މައްސަލައެއް ބަލަނީ

ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ހިންގާ ކޮރަޕްޝަންގެ 22 މައްސަލައެއް ތަހުގީގުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ. ފެނަކަ މެދުވެރިކޮށް ހިންގާ ކޮރަޕްޝަންގެ އަމަލުތައް ނުހުއްޓުވައިފި ނަމަ ދައުލަތަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ތުހުމަތުކޮށް އޭސީސީއަށް މައްސަލަ ހުށަހެޅީ އެ ކުންފުނީގެ މުވައްޒަފުންތަކެކެވެ. ޖުމްލަ 28 މައްސަލައެއް ހުށަހެޅި ނަމަވެސް އޭސީސީން ބަލަން ނިންމީ 22 މައްސަލަ އެވެ. ފެނަކައިގެ މުވައްޒަފުން އޭސީސީ އަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރާއި މި އަހަރުގެ ތެރޭގައި […]
ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލް ކަނޑައަޅާ އުސޫލަށް ޢަމަލުކުރުން މަޑުޖައްސާލައިފި

ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލްކަން ކުރައްވާ ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސްކޫލް ކަނޑައަޅާ އުސޫލަށް ޢަމަލު ކުރުން މަޑުޖައްސާލައިފައިވާކަމަށް ސިވިލްސަރވިސް ކޮމިޝަނުން ބުނެފިއެވެ. ވަޒީފާ އަދާކުރާނެ ސްކޫލް ކަނޑައެޅުމުގެ އުސޫލަކީ ސަރުކާރުގެ ސްކޫލްތަށް ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެކަމަށް ޤާބިލް ޕްރިންސިޕަލުން އައްޔަނުކުރުމުގެ ގޮތުން އެކުލަވާލި އުސޫލެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ބުނެފައެވެ. އެހެންނަމަވެސް މިއުސޫލަށް ޢަމަލުކުރުން މިވަގުތަށް މަޑުޖައްސާލައިފައި މިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އެދުމަށް ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެއެވެ. މިކަމާއި […]
ޝަކުވާތަކަކާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް ސަސްޕެންޑް ކޮށްފި

ޓޫރިޒަމް މިނިސްޓްރީގެ ޕަރމަނަންޓް ސެކެޓްރީ ޢައިޝަތު ސޫޒަން ޙަނީފް އެމަޤާމުން ސަސްޕެންޑް ކުރައްވައިފިއެވެ. އޭނާ ސަސްޕެންޑު ކޮށްފައިމިވަނީ އޭނާ އާއި މެދު ހުށައެޅުނު ޝަކުވާ ތަކަކާއި ގުޅިގެންނެވެ. ސޫޒަން ސަސްޕެންޑު ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އާއި ސިވިލް ސަރވިސް ކޮމިޝަނުންވެސް ވަނީ ޔަޤީންކޮށްދީފައެވެ. އޭނާ ސަސްޕެންޑުކޮށްފައި ވަނީ އޭނާއާއި ގުޅޭ ގިނަ ޝަކުވާތަކެއް ހިމެނޭ ސިޓީއެއް ސީއެސްސީއަށް ހުށައަޅާފައި ވަނިކޮށެވެ. ޓޫރިޒަމް މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް ސޮއިކޮށް ހުށައަޅާފައިވާ އެ ސިޓީގައި ސޫޒަންގެ ޤާބިލް ކަމާއިމެދު […]