100 އަށްވުރެ ގިނަ ރިސޯޓު އޮޕަރޭޓް ކުރަން ހުއްދަ ދީފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލުމާއިއެކު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 100 އަށްވުރެ ގިނަ ރިސޯޓަކަށް ހުއްދަ ދީފިއެވެ.

މިދިޔަ މާރޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކޮވިޑް19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ފަތުރުވެރިން އައުން މެދުކަނޑައިލުމަށްފަހު ޖުލައި 15 ގައި ފަތުރުވެރިކަމަށް ރާއްޖެ އަލުން ހުޅުވާލާފައިވާއިރު، ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 104 ރިސޯޓަކަށް މިހާތަނަށް ހުއްދަ ދީފައެވެ.

މީގެ ތެރޭގައި މިހާރު ހިދުމަތްދޭ ރިސޯޓުތަކާއި ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ހިދުމަތް ފަށަން ނިންމާފައިވާ ރިސޯޓުތައްވެސް ހިމެނެއެވެ. މީގެ އިތުރުން މީހުން ދިރި ނޫޅޭ ރަށްރަށުގައި ހިންގާ ތިންހޮޓަލަކަށްވެސް ވަނީ އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފައެވެ. އެއީ ބ. ފިނޮޅަސްގައި ހިންގާ އަމިއްލަ ފުއްޓާއި، ގއ. ކޫއްޑޫގައި ހިންގާ މާކިޔޯ މޯލްޑިވްސް ކޫއްޑޫގެ އިތުރުން އައްޑޫ ސިޓީ ގަމުގައި ހިންގާ އިކުއޭޓާ ވިލެޖެވެ.

މިހާތަނަށް 109 ޓޫރިސްޓު ވެސެލް / ސަފާރީ އަށް އޮޕަރޭޓު ކުުރުމުގެ ހުއްދަ ދީފައިވާއިރު، ގްރޭޓާ މާލޭ ސަރަހައްދުން ޓްރާންސިޓް ފެސިލިޓީތަލުގެ ގޮތުގައި ހިންގުުމަށް 32 ތަނަކަށް ވަނީ ހުއްދަ ދީފައެވެ.

ސަރުކާރުން ނިންމާފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު މާލެ ފިޔަވާ އެހެން ރަށްރަށުގެ ގެސްޓުހައުސްތައް ހުޅުވުމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް