މީޑިއާ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވައިލި މުއްދަތު ހޯމް މިނިސްޓްރީން އިތުރުކޮށްފިއެވެ.

މީޑިއާ ކައުންސިލްގެ މަގާމުތަކަށް ކުރިމަތިލާން ފުރަތަމަ ހުޅުވާލީ މިމަހުގެ ކުރީކޮޅުއެވެ. މަގާމުތަކަށް ކުރިމަތިލުމަށް ސެޕްޓެމްބަރު 21 އާއި ހަމައަށް ފުރުސަތު ހުޅުވާލައިފައި އޮތް ނަމަވެސް އެކަށީގެންވާ ތަރުހީބު ނުލިބޭކަމަށް ބުނެ ހޯމް މިނިސްޓްރީން މުއްދަތު އިތުރުކޮށްފައި ވަނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ.

މީޑިއާ ކައުންސިލްއަށް ކުރިމަތިލާން ހުޅުވާލައިފައިވަނީ މީޑިއާތަކުން ތަމްސީލްކުރާ ހަތް މެމްބަރުންނާއި އާންމުންގެ ފަރާތުން ހަ މެމްބަރުން އައްޔަނު ކުރުމަށެވެ. ކައުންސިލްގެ މަގާމުތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވެ 18 އަހަރު ފުރި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރީކުރުމުގެ އެއްވެސް ކުށެއް ސާބިތުވެފަިއ ނުވުމާއި ފާއިތުުވި އަހަރުތެރޭ ނޫސްމަޖައްލާއެއްގައި ލިޔެފައިވާ އެއްޗަކާ ގުޅިގެން އެއްވެސް ކުށެއް ސާބިތުވެފައިނުވުން ހިމެނެއެވެ.

މީޑިއާ ކައުންސިލްގެ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 28ގެ ކުރިން މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުށަހަޅަން ޖެހޭ ފޯމާއާއި އެހެނިހެން ލިޔުންތައް ހޯމް މިނިސްޓްރީގެ އީމެއިލް [email protected] އަށް މެއިލްކުރުމަށް ހޯމް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކުރިން އެ މަގާމުތަކަށް ކުރިމަތިލި ފަރާތްތަކުންވެސް އަލުން ފޯމާއި ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

މިހާރު އޮތް މޯލްޑިވްސް މީޑިއާ ކައުންސިލުގެ އެންމެ މެމްބަރެއް ފިޔަވާ އެހެން ހުރިހާ މެމްބަރުންގެ ދައުރު މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހަމަވާނެއެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް