ވަކީލުންނަށް އަނެއްކާވެސް ޖަލުގައި ގައިދީންނާ ބައްދަލުކުރެވޭނެ

Loading

Facebook
Twitter
WhatsApp

ގާނޫނީ ވަކީލުންނަށް ޖަލަށް ޒިޔާރާތްކޮށް ގައިދީންނާ މާދަމާ އިން ފެށިގެން ބައްދަލުކުރެވޭނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ކޮވިޑް19 އާއި ގުޅިގެން ވަކީލުން ޖަލަށް ޒިޔާރަތްކޮށް މުއައްކިލުންނާ ބައްދަލުކުރުމުގެ ފުރުސަތު މެދުކަނޑައިލި ނަމަވެސް، އެކަމަށް ނިމުމެއް ގެނެސް މާދަމާއިން ފެށިގެން އަލުން ވަކީލުންނަށް ޖަލަށް ޒިޔާރާތްކޮށް ބައްދަލުކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައި ވާ ކަމަށް ކަރެކްޝަނުން ބުންޏެވެ.

ކަރެކްޝަންސް އިން ބުނީ މާފުށި ޖަލާއި އައްސޭރި ޖަލަށް ޒިޔާރާތްކުރާ ފަރާތްތަކުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނަގަން ޖެހޭ ހުއްދަ ނަގަން ޖެހޭނީ އަމިއްލަ އަށް ކަމަށެވެ. އަދި ޖަލަށް ޒިޔާރާތްކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ބޭނުންކުރުމަށް ވިސްނުމަށް ކަރެކްޝަންސް އިން ވަނީ އިލްތިމާސްކޮށްފައެވެ.

ފޯނުކޯލާއި ވީޑިއޯ މެދުވެރިކޮށް ޖަލުގައި ތިބި މީހުންނާ ބައްދަލުކުރުމުގެ ކަންތައްތައްވެސް ކުރިއަށް ގެންދާނެ ކަމަށް ކަރެކްޝަންސް އިން ބުނެފައިވެއެވެ. އަދި ޖަލުން އެއްވެސް ޕޮޒިޓިވް ކޭސް އެއް ފެނިއްޖެނަމަ ޖަލަށް ޒިޔާރާތްކޮށް ބައްދަލުކުރުމުގެ އިންތިޒާމު އަނެއްކާވެސް މެދުކަނޑާލާނެ ކަމަށް އެ ސާވިސް އިން ބުންޏެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް