ރެގިއުލަރައިޒްވާ ބިދޭސީންނަށް ހުއްދަ ދޭނީ ޑިޕޮސިޓް ފައިސާ ދެއްކުމުން: އިކޮނޮމިކް މިނިސްޓްރީ

Loading

Facebook
Twitter
WhatsApp

ބިދޭސީންގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި ބައިވެރިވާ ބިދޭސީންގެ ރެގިއުލަރައިޒޭޝަން އެމްޕްލޮއިމްންޓް އެޕްރޫވަލް (އާރްއީއޭ) ދޫކުރާނީ ޑިޕޮޒިޓް ފައިސާ ދެއްކުމުން ކަމަށް އިކޮނޮމިކް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދައެއް ނެތި މަސައްކަތްކުރާ ބިދޭސީން ގަވާއިދަށް ފެއްތުމުގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި ރެގިއުލަރައިޒްވާ ބިދޭސީންނަށް ދެން އާރްއީއޭ ދޫކުރާނީ ބިދޭސީން ވަޒީފާ އަދާކުރުމާބޭހޭ ގަވާއިދު ބުނާ ޑިޕޮސިޓް ފައިސާ ދެއްކުމުން ކަމަށެވެ.

އެގޮތަށް އަމަލު ކުރަން ފަށާނީ އަންނަ ބުދަ ދުވަހުން ފެށިގެނެވެ. ބިދޭސީން ވަޒީފާ އަދާކުރުމާބޭހޭ ގަވާއިދު ގެ 21 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން އެފަދަ މީހުން ޑިޕޮސިޓް ފައިސާ ދައްކަން ޖެހެ އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް ރެގިއުލަރައިޒްކޮށް އާރުއީއޭ ދޫކޮށްފައިވާ ބިދޭސީންގެ އެމްޕްލޮއިމްންޓް އެޕްރޫވަލްގެ މުއްދަތު ވެސް އިތުރު ކޮށްދޭނީ ޑެޕޮސިޓް ފައިސާ ދައްކާ ނިންމީމަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް