އައްޑޫ ޕޮލިސް އެކަޑަމީ ހަދަން އައި އިންޑިއާ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ޕޮލިސް އެކެޑަމީ ހަދަން އައި އިންޑިއާއިން އައި ބަޔަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ. އެޗްޕީއޭގެ އޮފިޝަލަކު މީޑިއާއަށް ދެއްވި މަޢުލޫމާތުގައި ވިދާޅުވީ ޕޮޒިޓިވް ވެފައިވަނީ ކަރަންޓީނުގައި ތިބި ބައެއް ކަމަށެވެ. ނަމަވެސް ޕޮޒިޓިވްވީ ކިތަށް މީހުންކަމެއް އެޗްޕީއޭއިން ވިދާޅުވެފައެއް ނުވެއެވެ. އަދި އިތުރު މީހުން ޕޮޒިޓިވްވޭތޯ ބައްލަވަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެޗްޕީއޭއިން ވިދާޅުވީ އެކަމާއި ގުޅޭ އިތުރު މަޢުލޫމާތު މިރޭ ހާމަކުރައްވާނެ ކަމަށެވެ. އައްޑޫއިން ކުރިންވެސް ކޮވިޑްގެ ކޭސް މަދުންނަމަވެސް ފެނިފައިވެ އެވެ. […]

ޔޫއޭއީއިން ރާއްޖެއަށް ސެނެޓައިޒްކުރާ ދެ ޓްރަކް ހަދިޔާ ކޮށްފި

  ކޮވިޑް-19އާއި ދެކޮޅަށް ރާއްޖެއިން ކުރާމަސައްކަތަށް އެހީ ވުމުގެ ގޮތުން ޔޫއޭއީއިން ހަދިޔާކުރި މިދެޓްރަކް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ގިނައިން މީހުން އެއްވ އުޅޭ ތަންތަން ޑިސްއިންފެކްޓު ކުރުމަށެވެ. މިތަކެތި ހަދިޔާ ކޮށްދެއްވުމުން ޙާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ޓްވިޓަރ މެދުވެރިކޮށް އެޤައުމުގެ ސަރުކާރަށް ޝުކުރު އަދާ ކޮށްފައެވެ. ޝުކުރުއަދާ ކޮށް ލިޔުއްވައިފައިވާ މިޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ އެހީގެ ގޮތުގައި މިދެއްވި ތަކެތީގެ ސަބަބުން ކޮވިޑް-19އާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތް އިތުރަށް ވަރުގަދަ ކުރެވޭނެ […]

ސަރުކާރު ފްލެޓްތަކުގެ ކުލި އިތުރު ތިންމަހަށް ފަސްކޮށްދެނީ

ސަރުކާރުން ރައްޔިތުން ގެދޮރުވެރިކުރުމަށް މާލެ، ހުޅުމާލެ އަދި ރަށްރަށުން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލި އިތުރު ތިންމަހަށް ފަސްކޮށްދީފިއެވެ. މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ބުނީ، ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކުގެ ކުލި ހަ މަސްދުވަހަށް ކޮވިޑް-19އާއި ގުޅިގެން ފަސްކޮށްދިން ކަމަށާއި އެ މުއްދަތު އޮގަސްޓު މަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ޢާންމުންގެ މާލީ ޙާލަތަށް އައި ދަތިކަމާއި ގުޅިގެން ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން ސެޕްޓެމްބަރުން ފެށިގެން ނޮވެމްބަރު މަހުގެ […]

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި މިނިސްޓަރ އަމީނާއި ސުވާލުކޮށްފި

ކޮވިޑް-19އަށް ފަރުވާ ކުރުމަށް ރާއްޖެއަށް ބޭނުންވި 149ވެންޓިލޭޓަރު ހޯދުމުގައި ޢަމަލު ކުރިގޮތާއި މެދު ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ. މިނިސްޓަރ އަމީން އެކޮމިޝަނަށް ހާޒިރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި ސުވާލުކުރުމަށް ހާޒިރުކޮށް އެތަނުގައި 3ގަޑި އިރެއްހާއިރު ހޭދަ ކުރެއްވިކަމަށް މީޑިއާތަކުން މަޢުލޫމާތު ދެއެވެ. ވެންޓިލޭޓަރު ހޯދުމުގައި އަމަލުކުރި ގޮތާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހާއި، އާއްމުންގެ ތުހުމަތުތަކެއް އަމާޒުވުމުން ދިޔުމުން މިދިޔަ މެއި މަހުން ފެށިގެން އޭސީސީން އައީ އެކަން […]

ޓުއަރިޒަމް ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

މިއަދު ފާހަގަކުރެވެމުންދާ ޓުއަރިޒަމް ދުވަހުގެ ތަހުނިޔާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފޮނުއްވައިފިއެވެ. އެމަނިކުފާނުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވަނީ ޓްވީޓެއް މެދުވެރި ކުރައްވައެވެ. އެޓްވީޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ޓޫރިޒަމް ދާއިރާގެ ތަރައްގީ އަށާއި ކުރިއެރުމަށް މަސައްކަތްކުރާ ހުރިހާ ޖަމްއިއްޔާތަކަށާއި ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެހެންމެހާ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ ކަމަށެވެ. އަދި ވިދާޅުވެފައިވަނީ ކޮވިޑް19 އާއެކު ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރާ މި ދަނޑިވަޅުގައި ރާއްޖެ ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް ރާއްޖޭގެ ގޮނޑުދޮށްތަކަށް މަރުހަބާ ކަމަށެވެ. […]

ކުރީގެ އިސްލާމިކް މިނިސްޓަރ ޒިޔާދަށް ކޮރަޕްޝަންގެ ދަޢުވާ ކޮށްފި

ޑރ ޒިޔާދަށް ކޮރަޕްޝަންގެ ދަޢުވާ ކޮށްފައިމިވަނީ ކުރީގެ ސަރުކާރުގައި ޑރ ޒިޔާދު އިސްލާމިކް މިނިސްޓަރ އަކަށް ހުންނެވިއިރު ޒިކުރާ މިސްކިތް 10ބުރިއަށް އިމާރާތް ކުރުމަށް އެސްޖޭ ކުންފުންޏާއި ހަވާލު ކުރިއިރު އެކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައި ދީ ދައުލަތަށް މާލީ ގެއްލުން ދިންކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރި ތަހުޤީޤަށް ހާމަވެ ޑރ ޒިޔާދާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށައެޅި މައްސަލައިގައެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ޑރ ޒިޔާދުގެ މައްޗަށް މިއަދު ދަޢުވާ އުފުލައިފައިވަނީ […]

ހިފެހެއްޓުންތަކަކާއި އެކު ތާޖު މަހަލް ހުޅުވާލައިފި

އިންޑިއާގެ އެންމެ މަޝްހޫރު ޓުވަރިސްޓް މަންޒިލް، ތާޖު މަހަލް ހަމަސްދުވަހުގެ ބަންދަކަށް ފަހު އަލުން ހުޅުވާލައިފިއެވެ. ކޮވިޑް19 އާއި ގުޅިގެން ތާޖު މަހަލް ބަންދުކުރުމަށްފަހު އަލުން ޓުވަރިސްޓުންނަށް ހުޅުވާލެވިފައި މިވަނީ ހިފެހެއްޓުންތަކަކާއި އެކު އެވެ. އެގޮތުން ޒިޔާރަތްކުރެވޭނީ ކޮންމެ ދުވަހަކު ވެސް، ނިސްބަތުން ވަރަށް މަދު ބަޔަކަށެވެ. ތާޖު މަހަލް އަށް ދުވާލަކު މިހާރު ޒިޔާރަތްކުރުމަށް ހުއްދެދެނީ 5،000 މީހުންނަށެވެ. ކޮވިޑްގެ ކުރިން އެވްރެޖްކޮށް ދުވާލަކު 70،000 މީހުން، ލޯބީގެ މި ރަމްޒު ދެކިލަން ޒިޔާރަތްކުރެ އެވެ. […]

ޗައިނާގެ ބޯޑަރު ބަންދުކުރިތާ ހަ މަސް ފަހުން ލުއި ތަކެއް

ކޮވިޑް19 އާއި ގުޅިގެން ޗައިނާ އިން އެގައުމުގެ ބޯޑަރު ބަންދުކުރިތާ ހަ މަސް ފަހުން ލުއިތަކެއް ދީފި އެވެ. ޗައިނާ އިން ޑިޕްލޮމެޓުންނާއި ހާއްސަ ހާލަތްތައް މެދުވެރިވާ މީހުން ފިޔަވައި އެ ގައުމަށް މީހުން އެތެރެވުން މަނާކޮށްފައި ވަނީ މާރޗް މަހު އެވެ. ނަމަވެސް އޭރު ގައުމުން ބޭރުގައި ތިބި ޗައިނާ މީހުންނަށް ގައުމަށް ދެވެ އެވެ. ޗައިނާ އިން ބުނީ އަންނަ ހޯމަ ދުވަހުން ފެށިގެން ބިދޭސީންނަށް ލުއިތަކެއް ދޭނެ ކަމަށާއި، މިހާރު ނިންމާފައިވަނީ ޗައިނާގެ […]

ލަންކާގެ އެއް އެއާޕޯޓު ހަމައެކަނި ފަތުރުވެރިންނަށް ހާއްސަކުރަނީ

ކޮވިޑް-19 އާ ގުޅިގެން ހުއްޓިފައިވާ ޓޫރިޒަމް ސިނާއަތް އަލުން ހުޅުވައިލުމަށް އަންނަ ނޮވެމްބަރު މަހު ސްރީލަންކާގެ އެއް އެއާޕޯޓު ހަމައެކަނި ފަތުރުވެރިންނަށް ހާއްސަކުރަން އެގައުމުގެ ތިން މިނިސްޓްރީ އެއް ގުޅިގެން ހުށަހަޅަން ނިންމައިފި އެވެ. ކޮވިޑް-19 އާ ގުޅިގެން ލަންކާގެ ބައިނަލްއަގުވާމީ ދެ އެއާޕޯޓުކަމަށްވާ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން މާތަލޭ އެއާޕޯޓު ބަންދުކޮށްފައި ވަނީ މިދިއަ މާޗު މަހު އެވެ. މިބަލިމަޑުކަމާއި ގުޅިގެން އެއާޕޯޓުތައް ބަންދު ކުރުމަށް ފަހު، އަލުން ހުޅުވާލަން މިދިޔަ އޮގަސްޓް އެއްވަނަ […]

ސައުދީގެ ޤައުމީ ދިދައަށް އިހާނެތިކޮށް ހިތާ މީހުންނަށް ޖަލު ހުކުމެއް

ސައުދީ އަރަބިއްޔާގެ ޤައުމީ ދިދައަށް އިހާނެތިކޮށް ހިފާ ފަރާތްތަކަށް އެއް އަހަރުގެ ޖަލު ހުކުމެއް އިއްވައި ތިން ހާސް ރިޔާލުން ޖޫރިމަނާކުރާނެ ކަމަށް އެގައުމުގެ ޕަބްލިކް ޕްރޮސެކިއުޝަނުން ހާމަކޮށްފިއެވެ. ސައުދީ ޕަބްލިކް ޕްރޮސެކިއުޝަނުން މިމަހުގެ 23 ވަނަ ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން އެމަގުން އަމަލުކުރަމުންދާނެ ކަމަށެވެ. މިފަދަ އިންޒާރެއް ދީފައިވާއިރު މިއަދަކީ އެ ގައުމުގެ 90 ވަނަ ގައުމީ ދުވަހެވެ. އެ ޓްވީޓްގައި އިތުރަށް ބުނެފައިވާގޮތުގައި އެ ގައުމުގެ ދިދައިގެ އިތުރުން، އެކުވެރި […]