ސަރުކާރު ފްލެޓްތަކުގެ ކުލި އިތުރު ތިންމަހަށް ފަސްކޮށްދެނީ

Loading

Facebook
Twitter
WhatsApp

ސަރުކާރުން ރައްޔިތުން ގެދޮރުވެރިކުރުމަށް މާލެ، ހުޅުމާލެ އަދި ރަށްރަށުން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލި އިތުރު ތިންމަހަށް ފަސްކޮށްދީފިއެވެ.

މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ބުނީ، ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކުގެ ކުލި ހަ މަސްދުވަހަށް ކޮވިޑް-19އާއި ގުޅިގެން ފަސްކޮށްދިން ކަމަށާއި އެ މުއްދަތު އޮގަސްޓު މަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ.

ނަމަވެސް ކޮވިޑް-19ގެ ސަބަބުން ޢާންމުންގެ މާލީ ޙާލަތަށް އައި ދަތިކަމާއި ގުޅިގެން ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން ސެޕްޓެމްބަރުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ފްލެޓުތަކުގެ ކުލި ފަސްކޮށްދޭން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

ކުލި ފަސްކުރާ މުއްދަތުގައިވެސް މެއިންޓެނެންސް ފީ ދައްކަން ޖެހޭއިރު ކުލި ފަސްކުރާ މުއްދަތު އެގްރިމެންޓަށް އިތުރު ކުރެވޭނެ ކަމަށް ހައުސިންއިން ބުންޏެވެ.

ކުލި ފަސްކުރަން ބޭނުންވާ ފަރާތްތަކުން އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އައިޑީކާޑުގެ ކޮޕީއާއި މިނިސްޓްރީއާއެކު ކުރެވިފައިވާ އެގްރިމެންޓުގެ ނަންބަރު އެނގޭނެހެން އީމެއިލް ކުރުމަށް ހައުސިން މިނިސްޓްރީއިން ވަނީ އެދިފައެވެ. އީމެއިލް އެޑްރެސް އަކީ [email protected] އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް