އައްޑޫ ޕޮލިސް އެކަޑަމީ ހަދަން އައި އިންޑިއާ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

Loading

Facebook
Twitter
WhatsApp

އައްޑޫ ޕޮލިސް އެކެޑަމީ ހަދަން އައި އިންޑިއާއިން އައި ބަޔަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭގެ އޮފިޝަލަކު މީޑިއާއަށް ދެއްވި މަޢުލޫމާތުގައި ވިދާޅުވީ ޕޮޒިޓިވް ވެފައިވަނީ ކަރަންޓީނުގައި ތިބި ބައެއް ކަމަށެވެ. ނަމަވެސް ޕޮޒިޓިވްވީ ކިތަށް މީހުންކަމެއް އެޗްޕީއޭއިން ވިދާޅުވެފައެއް ނުވެއެވެ. އަދި އިތުރު މީހުން ޕޮޒިޓިވްވޭތޯ ބައްލަވަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެޗްޕީއޭއިން ވިދާޅުވީ އެކަމާއި ގުޅޭ އިތުރު މަޢުލޫމާތު މިރޭ ހާމަކުރައްވާނެ ކަމަށެވެ.

އައްޑޫއިން ކުރިންވެސް ކޮވިޑްގެ ކޭސް މަދުންނަމަވެސް ފެނިފައިވެ އެވެ. އެއީ މުޅިންވެސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.

އައްޑޫގައި ޕޮލިސް އެކަޑެމީގެ މަސައްކަތް ފެށީ 2012 ވަނަ އަހަރު އެވެ. އެތަނަކީ ސެކިއުރިޓީ އެންފޯސްމެންޓް ދާއިރާތަކަށް ބޭނުންވާ ކަމާއި ބެހޭ މީހުން ތަމްރީނު ކުރުމާއި ލޯ ސުކޫލެއް ގާއިމް ކުރާނެ ތަނެއް ކަމަށް އައްޑޫ މޭޔަރ ވިދާޅުވި އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް