ޔޫއޭއީއިން ރާއްޖެއަށް ސެނެޓައިޒްކުރާ ދެ ޓްރަކް ހަދިޔާ ކޮށްފި

Loading

Facebook
Twitter
WhatsApp

 

ކޮވިޑް-19އާއި ދެކޮޅަށް ރާއްޖެއިން ކުރާމަސައްކަތަށް އެހީ ވުމުގެ ގޮތުން ޔޫއޭއީއިން ހަދިޔާކުރި މިދެޓްރަކް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ގިނައިން މީހުން އެއްވ އުޅޭ ތަންތަން ޑިސްއިންފެކްޓު ކުރުމަށެވެ.

މިތަކެތި ހަދިޔާ ކޮށްދެއްވުމުން ޙާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ޓްވިޓަރ މެދުވެރިކޮށް އެޤައުމުގެ ސަރުކާރަށް ޝުކުރު އަދާ ކޮށްފައެވެ. ޝުކުރުއަދާ ކޮށް ލިޔުއްވައިފައިވާ މިޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ އެހީގެ ގޮތުގައި މިދެއްވި ތަކެތީގެ ސަބަބުން ކޮވިޑް-19އާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތް އިތުރަށް ވަރުގަދަ ކުރެވޭނެ ކަމަށެވެ.

މިފަހަރު ޔޫއޭއީއިން މިދެއްވި އެހީގެ ކުރިންވެސް ކޮވިޑް-19އިގެ ޙާލަތާއި ގުޅިގެން އެޤައުމުން ވަނީ ސިއްޙީދާއިރާއަށް ބޭނުންވާނެ ތަކެތީގެ އެހީއެއް ދެއްވައިފައެވެ. އެފަހަރުވަނީ 72ޓަނުގެ މެޑިކަލް އިކުއިޕްމެންޓް ހަދިޔާކުރިއެވެ. އެތަކެތީގެ އަގު ފަސްމިލިއަން ޑޮލަރަށް އަރައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް