ބެލަރޫސްގެ ރައީސް ހުވާކުރެއްވީ ސިއްރު ރަސްމިއްޔާތެއްގައި

ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ ރައީސް ކަމުގެ ހަ ވަނަ ދައުރެއްގެ ހުވާ ސިއްރިއްޔާތުގައި ކުރައްވައިފި އެވެ. ލުކަޝެންކޯ ސިއްރު ރަސްމިއްޔާތެއްގައި ހުވާކުރެއްވީ، އިންތިހާބުގެ ނަތީޖާ އިދިކޮޅު ޕާޓީތަކުން ގަބޫލު ނުކޮށް ސަރުކާރާއި ދެކޮޅަށް އެތައް ހަފުތާ އެއް ވަންދެން މެދުކެނޑުމެއްނެތި މުޒާހަރާ ކުރުމާއި ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކާ އެވެ. ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ވެރިރަށް މިންސްކްގައި އޮތްއިރު، މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި އެހެނިހެން ދާއިރާތަކުގެ މަތީ ފެންވަރުގެ ވަފުދުތައް ބައިވެރިވި އެވެ. […]
މަސްތުގެޙާލަތުގައި ހުރެ އިސްލާމްދީނަށް ފުރައްސާރަކުރި މީހާ މަޢާފަށް އެދިއްޖެ

މަސްތުގެޙާލަތުގައި ހުރެ އިސްލާމްދީނަށް ފުރައްސާރަކުރި އިންޑިއާގެ މީހާ މަޢާފަށް އެދިއްޖެއެވެ. މާތްﷲ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި އެ މީހާ ހައްޔަރުކޮށްފައި ވަނީ، ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން ވަނީ ދޫކޮށްލާފައެވެ. ފުލުހުން ވިދާޅުވެފައި ވަނީ މަސްތުގެ ޙާލަތުގައި މަގުމަތީގައި އުޅުނު ބިދޭސީ މީހާގެ މައްސަލަ ފުލުހުން ތަހުޤީގު ކުރަމުން އަންނަ ކަމަށެވެ. ހުކުރު ދުވަހުގެ ރޭ އޭނާ ހައްޔަރު ކުރީ މަސްތުގެ […]
ދޮޅުމަހަށްފަހު ދަރިވަރުން ސްކޫލަށް

ދޮޅުމަސް ދުވަހު ބަންދު ކޮށްފައި އޮތުމަށްފަހު މާލެ ސަރަހައްދު ގެ ސްކޫލްތަށް ހުޅުވައިފިއެވެ. ކޮވިޑް-19އާއި ފެތުރޭތީ ސްކޫލްތަށް ބަންދު ކޮށްފައި އޮތުމަށްފަހު ޖުލައިމަހުގެ ކުރީކޮޅު މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ޘާނަވީ އަދި މަތީ ޘާނަވީ ދަރިވަރުންނަށް ސްކޫލްތައް ހުޅުވާލި ނަމަވެސް، ކޮވިޑް-19ގެ ކޭސްތަށް ކަންބޮޑުވާ މިންވަރަކަށް އިތުރުވުމުން ކުޑަ ދުވަސްކޮޅެއް ފަހުންވަނީ އަނެއްކާވެސް ސްކޫލްތަށް ބަންދުކޮށްފައެވެ. ދޮޅުމަސްދުވަސް ފަހުން މާލެ ސަރަޙައްދުގެ ސްކޫލްތަށް ހުޅުވާލިއިރު މިފަހަރުވެސް ސްކޫލްތަށް ހުޅުވައިލައިފައިވަނީ ޘާނަވީ އަދި މަތީ ޘާނަވީގެ ދަރިވަރުންނަށެވެ. ނަމަވެސް […]
ހައިކޯޓުގެ ފަނޑިޔާރުކަމަށް ދެބޭފުޅަކު ޢައްޔަނު ކުރައްވައިފި

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ސ. މަރަދޫ ޖެފެއަރ، ފާތިމަތު ފަރުހީޒާ އާއި ކ. ދިއްފުށީ ސްވީޓްމީޑް، ޙަސަން ޝަފީޢު ޢައްޔަނު ކުރައްވައިފިއެވެ. މިދެބޭފުޅުން ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޢައްޔަނު ކުރެއްވީ މިއަދު ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި މިދެބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވައި ލައި ދެއްވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ މުޙައްމަދު އިބްރާހިމެވެ. އަދި މިރަސްމިއްޔާތުގައި އެދެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސާ، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ […]
ކުރީގެ ނައިބު ރައީސް ގޭބަންދަށް ބަދަލު ކުރައްވައިފި

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ގޭބަންދަށް ބަދަލު ކުރައްވައިފިއެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލަ އާއި ގުޅިގެން ކުރީގެ ނައިބް ރައީސް އަދީބަށް ކުރާ ހަތް ދަޢުވާއާއި ގުޅިގެން އޭނާ ހުންނެވީ ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދުކޮށްފަ އެވެ. އެ ދަޢުވާތަކަށް އޭނާ ވަނީ އިޢްތިރާފްވެވަޑައިގެންފައެވެ. މިހަފްތާގެ ހޯމަ ދުވަހު އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުން އޭނާއަށް ޙުކުމް އިއްވާނެއެވެ. އަދީބު ގޭ ބަންދަށް ބަދަލު ކުރުމާއި […]
ރޭގަނޑު 10ޖަހަންދެން ވެހިކަލް ދުއްވުމުގެ ހުއްދަ ދީފި

ރޭގަނޑު 8ގެފަހުން ވެހިކަލް ދުއްވުން މަނާ ކޮށްފައި އޮތް އޮތުން ބާތިލް ކޮށް، ރޭގަނޑު 10ޖަހަންދެން ވެހިކަލް ދުއްވުމުގެ ހުއްދަދީފިއެވެ. ކޮވިޑް-19 ފެތުރެމުން ދާމިންވަރު ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ރޭގަނޑު 8ގެ ފަހުން ދުއްވާ އެއްޗެހި ދުއްވުން މަނާކޮށް 10އަކުން ފަތިހު 5އަކަށް ގެއިންނުކުމެ އުޅުންވެސް އޮތީ މަނާކޮށްފައެވެ. ހަކުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންދިޔުމުން ހަރުކަށި ފުރަބަންދަކަށް ފަހު މާލެ ސަރަހައްދުގެ ފުރަބަންދަށް ޖުލައި މަހުގެ ފުރަތަމަ ދުވަހު ވަނީ ވަރަށް […]
ނޭޝަނަލް ޑައިބެޓީސް ސެންޓަރ ހުޅުވައިފި

ނޭޝަނަލް ޑައިބެޓީސް ސެންޓަރ ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވައިފިއެވެ. ހަކުރުބައްޔާއި ގުޅުންހުރި ގިނަ ޙިދުމަތްތަކެއް އެއްތާކުން ލިބެން ހުންނަ މިސެންޓަރ ހުޅުވީ މިއަދެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ތިން ވަނަ ބުރީގައި ހުޅުވި މި ސެންޓަރުން ހަކުރު ބައްޔާ ގުޅުން ހުރި ހުރިހާ ޙިދުމަތެއް ފަސޭހަކަމާއި އެކު ލިބޭނެ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. އޭގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމާއި ހަކުރު ބަލީގެ ފަރުވާ ދިނުމަށް ހަދަންޖެހޭ ތަފާތު ޓެސްޓުތަށް ހެދުން ހިމެނެއެވެ. އަދި ހަކުރު ބަލީގެ މީހުންގެ ކެއުން ބަހައްޓާނެ […]
ޕީސީބީގެ ރައީސް އިސްތިއުފާ ދެއްވައިފި

ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް ޙަސަން ވަޙީދު މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ. އޭނާ މަޤާމުން އިސްތިއުފާ ދެއްވުމަށް ރައީސް އޮފީހަށް ސިޓީ ފޮނުވި ކަން މީޑިއާތަކަށް ވަނީ ކަށަވަރުވެފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާ މަޤާމުން އިސްތިއުފާ ދެއްވީ އިއްޔެއެވެ. މިކަމާއި ގުޅިގެން އަދި ޙަސަން ވަޙީދު އެއްޗެއް ވިދާޅުވެފައެއްނުވެއެވެ. ނަމަވެސް މުޢުތަބަރު ފަރާތަކުން މަޢުލޫމާތު ދިން ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ، އޭނާއަށް ނުފޫޒު ފޯރުވާތީ ކަމަށް ބުނެ އެވެ. ނަމަވެސް ނުފޫޒު ފޯރުވަނީ ކޮން […]
ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ ނަމުގައި ކޮމްޕެނީއެއް އުފައްދަވައިފި

”ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް“ ގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ސަރުކާރުގެ ކުންފުންޏެއް އުފައްދަވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ، މި ކުންފުނި އެމަނިކުފާނު އުފެއްދެވީ މިއަދު ކަމަށެވެ. އަދި އެ ކުންފުންޏަކީ ސަރުކާރުން ހިންގަމުން ގެންދަވާ ސަރަޙައްދީ އެއަރޕޯޓްތައް ވިޔަފާރީގެ އުޞޫލުން ހިންގުމަށް އުފެއްދެވި ކުންފުންޏެއް ކަމަށެވެ. އަދި މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު ބޭނުންތަކުގެ ތެރޭގައި، ސަރުކާރުން ރީޖަނަލް އެއަރޕޯޓްތައް މެދުވެރިކޮށް ހިންގަމުން ގެންދަވާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ހިންގުންވެސް […]
ކައުންސިލްތަކަށް އިދާރީ މުވައްޒަފުން ނެގުމުގެ ހުއްދަ ދީފި

ކައުންސިލް ތަކުގެ އިދާރާތަކުގެ ހުސްކޮށް ހުރި މަޤާމުތަކަށް މުވައްޒަފުން ނެގުމުގެ ހުއްދަ ސިވިލް ސަރވިސް ކޮމިޝަނުން ދީފިއެވެ. ކައުންސިލް އިދާރާތަކުގެ ހުރި ހުސް މަޤާމުތަކަށް މުވައްޒަފުން ނެގުމާއި، އިދާރާތަކުގައި އައު މަޤާމު އުފައްދުން ވަޤުތީ ގޮތުން މަޑުޖައްސާލުމަށް ސިވިލް ސަރވިސް ކޮމިޝަނުން އަންގާފައި އޮތް އެންގުން އުވާލައި، އިދާރީ މުވައްޒަފުން ހޯދުމުގެ ހުއްދަ އަލުން ދޭން ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ. ސިވިލް ސަރވިސް ކޮމިޝަނުން ކައުންސިލް އިދާރާތަކުގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލުންނާއި، ޒިންމާދާރު ވެރިންނަށް ފޮނުއްވެވި […]