ހައިކޯޓުގެ ފަނޑިޔާރުކަމަށް ދެބޭފުޅަކު ޢައްޔަނު ކުރައްވައިފި

Loading

Facebook
Twitter
WhatsApp

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ސ. މަރަދޫ ޖެފެއަރ، ފާތިމަތު ފަރުހީޒާ އާއި ކ. ދިއްފުށީ ސްވީޓްމީޑް، ޙަސަން

ޝަފީޢު ޢައްޔަނު ކުރައްވައިފިއެވެ.

މިދެބޭފުޅުން ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޢައްޔަނު ކުރެއްވީ މިއަދު ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި މިދެބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވައި ލައި ދެއްވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ މުޙައްމަދު އިބްރާހިމެވެ.

އަދި މިރަސްމިއްޔާތުގައި އެދެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސާ، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަލްއުސްތާޒާ ޙިސާން ހުސައިނެވެ.

މިއަދު ހައިކޯޓު ގެ ފަނޑިޔާރުކަމަށް އަލަށް އައްޔަނު ކުރެއްވި ފާތިމަތު ފަރުހީޒާއަކި ސ މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަން ކުރެއްވި ބޭފުޅެކެވެ. އަދި ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުންނާއި ޕްރައިވެޓް ފަރމް ތަކުގައި ޤާނޫނީ ވަކީލުކަން ކުރައްވައިފައިވެއެވެ. އެކަމަނާ މިދާއިރާގައި މަސައްކަތް ކުރައްވާތާ 10އަހަރު ވެއްޖެއެވެ. ފަރުހީޒާ އަކީ މެލޭޝިއާގެ އިސްލާމިކް އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިން ބެޗްލާސް އޮފް ލޯ އަދި މާސްޓާސް އިން ކޯޕަރޭޓިވް ލޯ ހާސިލް ކުރައްވައިފައިވާ ބޭފުޅެކެވެ.

 

ޙަސަން ޝާފިޢުއަކީ 2013 ވަނަ އަހަރުން ފެށިގެން ފެމިލީ ކޯޓާއި ސިވިލް ކޯޓުގައި ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ. ޤާނޫނީ ދާއިރާގައި މަސައްކަތް ކުރެއްވާތާ 14އަހަރު ވެއްޖެއެވެ. މޯލްޑިވްސް ކޮލެޖް ފޯ ހަޔާރ އެޑިއުކޭޝަން އިން ބެޗްލާސް އޮފް ލޯ އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އިން މާސްޓާސް އިން ކޯޕަރޭޓިވް ލޯ ހާސިލްކުރައްވައިފައިވެއެވެ.

އާ ދެ ފަނޑިޔާރުންނާއެކު ހައި ކޯޓުގައި މިހާރު ޖުމުލަ 11 ފަނޑިޔާރުން ތިއްބަވާނެއެވެ. މިއަދު އައްޔަން ކުރި ދެ ފަނޑިޔާރުންނަކީ އެ ކޯޓުގެ ބެންޗުން ހުސްވި ދެ ގޮނޑިއަށް ޢައްޔަން ކުރެއްވި ދެ ފަނޑިޔާރުންނެވެ.

ހައި ކޯޓުގައި މިހާރު ތިއްބެވީ ޢަބްދުﷲ ޙަމީދާއި، ޝުޢައިބް ޙަސަން ޒަކަރިއްޔާ އާއި، ޢަބްދުއް ރައޫފް އިބްރާހިމާއި، ޢަލީ ސަމީރާއި، މުޙައްމަދު ނިޔާޒާއި، މުޙައްމަދު ފައިސަލާއި، ޙުސައިން ޝާހިދާއި، ހާތިފް ޙިލްމީ އާއި، ޙުސައިން މަޒީދެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް