ޕީސީބީގެ ރައީސް އިސްތިއުފާ ދެއްވައިފި

Loading

Facebook
Twitter
WhatsApp

ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް ޙަސަން ވަޙީދު މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ މަޤާމުން އިސްތިއުފާ ދެއްވުމަށް ރައީސް އޮފީހަށް ސިޓީ ފޮނުވި ކަން މީޑިއާތަކަށް ވަނީ ކަށަވަރުވެފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާ މަޤާމުން އިސްތިއުފާ ދެއްވީ އިއްޔެއެވެ. މިކަމާއި ގުޅިގެން އަދި ޙަސަން ވަޙީދު އެއްޗެއް ވިދާޅުވެފައެއްނުވެއެވެ.

ނަމަވެސް މުޢުތަބަރު ފަރާތަކުން މަޢުލޫމާތު ދިން ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ، އޭނާއަށް ނުފޫޒު ފޯރުވާތީ ކަމަށް ބުނެ އެވެ. ނަމަވެސް ނުފޫޒު ފޯރުވަނީ ކޮން ފަރާތަކުން ކަމެއް ސާފެއް ނޫނެވެ.

އެކަމާއި ގުޅިގެން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޤާނޫނޫނުގެ އިމުގެ ތެރެއިން މަސައްކަތްކުރުމުގެ މާޙައުލެއް ނުލިބިގެން މަޖުބޫރުވެގެން ޕީސީބީގެ ރައީސް މަޤާމުން އިސްތިއުފާ ދެއްވުމަކީ ހިތާމައެއް ކަމަށެވެ.

އޭނާ އެގޮތަށް ވިދާޅުވި އިރު، ޕީސީބީ ޤާނޫނާއި އެއްގޮތަށް ހިނގާތޯ ބެލުމަށް އޭނާ ވަނީ މިދިޔަ ހަފްތާގައި މަޖިލީހަށް މައްސަލައެއްވެސް ހުށަހަޅުއްވާފަ އެވެ. އެގޮތުން ޤާނޫނުގެ ދަށުން ހަދަން ޖެހޭ ޤަވައިދުތައް އެ ބޯޑުން ހަދާފައިވޭތޯ އާއި ކުންފުނިތަކުން ކުރަން ޖެހޭ ކަންކަން ކޮށްފައިވޭތޯ، ޕީސީބީން ބަލާތޯ ބެލުމަށް އޭނާ ވަނީ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. އެ މައްސަލަ އޭނާ ހުށަހެޅީ، މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީ އަށެވެ.

ޕްރައިވަޓައިޒޭޝަން ބޯޑަކީ ފިނޭންސް މިނިސްޓްރީގެ ދަށުން އުފައްދާފައިވާ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ޤާނޫނު ބުނާ ގޮތުން ޕީބީސީ އަކީ ،ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތައް މޮނީޓާކުރާ ބޮޑީ އެވެ.

ޕީސީބީގެ އާ ބޯޑު އެކުލަވައިލީ މިއަހަރު ކުރީކޮޅު އެވެ. އޭގެ ކުރިން ތިއްބެވި މެމްބަރުން ވަކިކުރެއްވީ، އެ މެމްބަރުން ވަކި ކުރަން މަޖިލީހުން ދިން ލަފައަކާ ގުޅިގެންނެވެ. މަޖިލިހުން އެގޮތަށް ލަފާ ދިނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އެ ބޯޑަށް އައްޔަން ކުރި މީހުންނަށް ރުހުން ހޯދުމަށް ފޮނުވާފައި ނުވުމާއި އެ ބޯޑުގެ މަސްއޫލިއްޔަތުތައް އަދާ ނުކުރާ ކަމަށް ބުނެ އެވެ.

Loading

One Response

  1. އެއީ ތެދެއްކަމަށް ބެލެވެނީ. އެއީ ނަމެއްގައި ހުންނަތަނެއްކަމަށް ހަސަން ވަނީ ކުންފުނިތަކުގެ ވެރިންކައިރީ ބުނެފައެވެ. އެއީ ހުރިހާ އެންގުން ތަކެއް އަންގައި ސަރުކާރުގެ ކުންފުނިތައް ބޭނުންގޮތަކަށް ހިންގަނީ ފިނޭންސް މިނިސްޓްރީންނާއި އިކޮނޮމިކް މިނިސްޓްރީން އެމްޑީޕީގެ ބޮޑުން ބޭނުންވާކަންތައްތައް ފުށްދުމަށްކަމުގައި އޭނާގެ އަރިސް މީހުން2މެއްނެތެވެ ނަމުގައި ސަރުކާރު ކުންފުނިތައް ރެގިއުލޭޓްކޮށް ޒިންމާ އުފުލަންޖެހެނީ ޕީސީބީ އިންނޯލައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް