ކުރީގެ ނައިބު ރައީސް ގޭބަންދަށް ބަދަލު ކުރައްވައިފި

Loading

Facebook
Twitter
WhatsApp

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ގޭބަންދަށް ބަދަލު ކުރައްވައިފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލަ އާއި ގުޅިގެން ކުރީގެ ނައިބް ރައީސް އަދީބަށް ކުރާ ހަތް ދަޢުވާއާއި ގުޅިގެން އޭނާ ހުންނެވީ ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދުކޮށްފަ އެވެ. އެ ދަޢުވާތަކަށް އޭނާ ވަނީ އިޢްތިރާފްވެވަޑައިގެންފައެވެ. މިހަފްތާގެ ހޯމަ ދުވަހު އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުން އޭނާއަށް ޙުކުމް އިއްވާނެއެވެ.

އަދީބު ގޭ ބަންދަށް ބަދަލު ކުރުމާއި ބެހޭގޮތުން ކަރެކްޝަންސް އިން ވިދާޅުވެފައިވަނީ އަދީބު ގޭބަންދަށް ބަދަލު ކުރީ ސިއްޙީ ޙާލަތު ހުރި ގޮތުން ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަދީބު ގޭ ބަންދަށް ބަދަލުކޮށްފައި މިވަނީ، އޭނާއަށް ކުރާ ދަޢުވާތަކަށް މިދިޔަ ބުދަ ދުވަހު ކޯޓުގައި އިޢްތިރާފްވެ ވަޑައިގެން، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއާބެހޭ ތަފްސީލުތައް އޭނާ ފުރަތަމަ ފަހަރަށް ދެއްވާފައި ވަނިކޮށެވެ. އަދި އޭނާ ވަނީ ކުރެވުނު ކުށްތަކަށް ތައުބާވެ، ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފައެވެ.

އަދީބު ދަޢުވާތަކަށް އިޢްތިރާފްވެވަޑައިގަތީ އޭނާއާއި ދަޢުލަތާއި ދެމެދު ހެދި އިޢްތިރާފްގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ދަށުން އަދީބު ކުށަށް އިޢްތިރާފް ވެލައްވާނަމަ، އޭނާގެ އަދަބު ލުއިކޮށްދޭނެއެވެ.

Loading

2 Responses

  1. ގޯހެއްނޫން ޑީލް. ޖަލުން ގެއަށް އެބަދަލުވެވުނީއެވެ. އެހުރިހާ މީހުންގެ ނަންދިންއިރު ގެއަށް ބަދަލުކުރެވޭނެ ފެންވަރުގެ އެއްވެސް މީހެއްގެ ނަން އެލިސްޓުގައި ނެތީކީއްވެތޯއެވެ. އެއީ އެ ފައިސާގަނޑުގައި އެބޭފުޅުން ނުޖެހޭތީއެވެ. މިނޫން ތެދެއް މި ޚިޔާނާތްތެރި ވަގު ފާސިގު ގެ ކިބައިން ލިބޭނެތޯއެވެ. ބައެއްބޭފުޅުން އެވިދާޅުވާ ދައުލަތާއި ޑީލްހެދުން. އެއީ ވަރަށް ދެރަވަރުގެ ބަހެކެވެ. އެހެނީ ދައުލަތުގެ ހައިބަތު ބޮޑުކަމުންނެވެ. މަށަށްހީވާ ރަނގަޅުގޮތަކީ ދައުލަތައް ގައްދާރުވެވޭ ސަރުކާރަކާ ޑީލް ހެދިއްޔޭ، އަހެނީ ދައުލަތުގެ ނަމުގައި ހުރިހާ ނުލަފާ ކަރަޕޗަނާއި ފޭރުން ހިންގަނީ ދައުލަތުގެ ޚަޒާނާއިން ބަޖެޓެއްދީ ދައުލަތް ހިންގުމަށް ރައްޔަތުން ޙަވާލުކޮށްފައިތިބޭ ސަރުކާރުންނެވެ. އަދި ހަމަ ދައުލަތުގެ ވަކީލޭ ކިޔައި ޓެގްހަރުކޮށްގެން ޕީޖީ އާއި އޭޖީ ވެސް އެއި ސަރުކާރުގެ ދެ ޓޫލް ނޫންތޯއެވެ. ޚިޔާލަކީ ތަފާތު އެއްޗެކެވެ. ނަމަވެސް މިދެންނެވީ ޙަގީގަތެވެ. ޚިޔާލެއްނޫނެެވެ. ވަރަށް ސަލާމް ބުރޯ އަށާއި އޭނަގެ އެޕިސޮޑްގެ އެކްޓަރުންތަކަށް.

  2. ދެން ޙުކިން އައުމުން ހެދޭ ޑީލްގެ ދަށުން ބޭސްފަރުވާއަށް ފުރޭނެއެވެ. ޓަގުބޯޓު ބޭނުމެއްނުވާނެއެވެ. ދެން 2023 ގައި އަލުން ސުޕުރީމްކޯޓުން މައްސަލަ ރިޔާއަތްކޮށްފަ ހިބަރުގެ ވަދުގައިޖެހި ޙުކުމްތައް ބުޅިކަޑާލައިފަ ދާނީއެވެ. އެނޫނީ ދައުލަތުގެ ނަމުގައި އެ އޮންނަ ސަރުކާރަކުން މަޢާފުދޭނީއެވެ. ދެކޮތަޅު ސިމެންތި ވަގަށްނެގި ކަތީބު ނޫނީ ކައުންސެލަރ ޖަލުގައި ގެއަށްވެސް ބަދަލުނެވެ ހުރީއެވެ. ސަހަރޯ އޭ ހީނުވޭހެއްޔެވެ.! މަގޭ މިއޮށް ގައުމު؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް