މަސްތުގެޙާލަތުގައި ހުރެ އިސްލާމްދީނަށް ފުރައްސާރަކުރި މީހާ މަޢާފަށް އެދިއްޖެ

Loading

Facebook
Twitter
WhatsApp

މަސްތުގެޙާލަތުގައި ހުރެ އިސްލާމްދީނަށް ފުރައްސާރަކުރި އިންޑިއާގެ މީހާ މަޢާފަށް އެދިއްޖެއެވެ.

މާތްﷲ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި އެ މީހާ ހައްޔަރުކޮށްފައި ވަނީ، ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން ވަނީ ދޫކޮށްލާފައެވެ.

ފުލުހުން ވިދާޅުވެފައި ވަނީ މަސްތުގެ ޙާލަތުގައި މަގުމަތީގައި އުޅުނު ބިދޭސީ މީހާގެ މައްސަލަ ފުލުހުން ތަހުޤީގު ކުރަމުން އަންނަ ކަމަށެވެ.

ހުކުރު ދުވަހުގެ ރޭ އޭނާ ހައްޔަރު ކުރީ މަސްތުގެ ޙާލަތުގައި ހުއްޓައެވެ. އޭނާ މާލޭގެ މަގުމަތީގައި ބާރަށް ހަޅޭއްލަވައި އިސްލާމް ދީނަށާއި ރާއްޖޭގެ ޤާނޫނު ތަކަށާއި ކޯޓުތަކަށް ފާޑު ކިޔާފައި ވެއެވެ.

އެ ކަމާއި ގުޅިގެން މީސް މީޑިއާގައި އާއްމު ކުރި ވީޑިއޯއެއްގައި އޭނާ ބުނެފައި ވަނީ، އޭނާ ހުރީ ވަރަށް ބޮޑަށް ސްޓްރެސްވެފައި ކަމަށާއި، އޭނާއަށް އެރޭ ދެއްކުނު ވާހަކަތައް ހަދާން ނެތިފައިވާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް