ބެލަރޫސްގެ ރައީސް ހުވާކުރެއްވީ ސިއްރު ރަސްމިއްޔާތެއްގައި

Loading

Facebook
Twitter
WhatsApp

ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ ރައީސް ކަމުގެ ހަ ވަނަ ދައުރެއްގެ ހުވާ ސިއްރިއްޔާތުގައި ކުރައްވައިފި އެވެ.

ލުކަޝެންކޯ ސިއްރު ރަސްމިއްޔާތެއްގައި ހުވާކުރެއްވީ، އިންތިހާބުގެ ނަތީޖާ އިދިކޮޅު ޕާޓީތަކުން ގަބޫލު ނުކޮށް ސަރުކާރާއި ދެކޮޅަށް އެތައް ހަފުތާ އެއް ވަންދެން މެދުކެނޑުމެއްނެތި މުޒާހަރާ ކުރުމާއި ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކާ އެވެ.

ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ވެރިރަށް މިންސްކްގައި އޮތްއިރު، މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި އެހެނިހެން ދާއިރާތަކުގެ މަތީ ފެންވަރުގެ ވަފުދުތައް ބައިވެރިވި އެވެ. އަދި ބެލަރޫސްގެ ސެންޓްރަލް އިލެކްޝަންސް ކޮމިޝަން ގެ ވެރިޔާ ވަނީ ރައީސް ލުކަޝެންކޯއަށް ބެލަރުސްގެ ރައީސްގެ ރަސްމީ އައިޑީކާޑް ހަވާލު ކުރައްވާފަ އެވެ.

ރައީސް ލުކަޝެންކޯ ވިދާޅުވީ އެބޭފުޅާ ހަމައެކަނި ރައީސެއްގެ ހުވާ ކުރެއްވީ ނޫން ކަމަށާއި، އެބޭފުޅުންގެ އަމިއްލަ އަގާއި ސުލްހަވެރި ދިރިއުޅުމާއި އިސްތިގުލާލް އަދި މިނިވަންކަން މި ދިފާއު ކުރަނީ ކަމަށެވެ.

އޯގަސްޓް މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި އިންތިހާބުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން ލުކަޝެންކޯ ވަނީ ވޯޓުގެ 80 ޕަސެންޓް ކާމިޔާބު ކުރައްވާފަ އެވެ އަދި އެ މަނިކުފާނުގެ އެންމެ ބޮޑު ވާދަވެރިޔާ ސްވެޓްލާނާ ތިކަނޮވްސްކަޔާއަށް ލިބިވަޑައިގަތީ 10 ޕަސެންޓެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް