ދޮޅުމަހަށްފަހު ދަރިވަރުން ސްކޫލަށް

Loading

Facebook
Twitter
WhatsApp

ދޮޅުމަސް ދުވަހު ބަންދު ކޮށްފައި އޮތުމަށްފަހު މާލެ ސަރަހައްދު ގެ ސްކޫލްތަށް ހުޅުވައިފިއެވެ.

ކޮވިޑް-19އާއި ފެތުރޭތީ ސްކޫލްތަށް ބަންދު ކޮށްފައި އޮތުމަށްފަހު ޖުލައިމަހުގެ ކުރީކޮޅު މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ޘާނަވީ އަދި މަތީ ޘާނަވީ ދަރިވަރުންނަށް ސްކޫލްތައް ހުޅުވާލި ނަމަވެސް، ކޮވިޑް-19ގެ ކޭސްތަށް ކަންބޮޑުވާ މިންވަރަކަށް އިތުރުވުމުން ކުޑަ ދުވަސްކޮޅެއް ފަހުންވަނީ އަނެއްކާވެސް ސްކޫލްތަށް ބަންދުކޮށްފައެވެ.

ދޮޅުމަސްދުވަސް ފަހުން މާލެ ސަރަޙައްދުގެ ސްކޫލްތަށް ހުޅުވާލިއިރު މިފަހަރުވެސް ސްކޫލްތަށް ހުޅުވައިލައިފައިވަނީ ޘާނަވީ އަދި މަތީ ޘާނަވީގެ ދަރިވަރުންނަށެވެ. ނަމަވެސް ރާއްޖޭގެ އެހެން ރަށްރަށުގައި އަންނަނީ ހުރިހާ ގްރޭޑަކަށް ކިޔަވައި ދެމުންނެވެ.

ސްކޫލުތަކަށް ދަރިވަރުން ވައްދަނީ ހުން ބަލައި، އަތް ސެނެޓައިޒްކުރުމަށް ފަހު އެވެ. ކްލާސްރޫމުގައި ދަރިވަރުން ތިބެނީ ތިން ފޫޓުގެ ދުރުމިނުގައެވެ. ރައްކާތެރިކަމުގެ އެ ފިޔަވަޅުތަކާ ހެދި ސްކޫލްތަކާ ގުޅުން ހުރި ކްލަސްޓާއެއް މިހާތަނަށް ފެނިފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިދިޔަ ބުދަދުވަހު ބޭއްވި މީޑިއާ ބްރީފިންގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ސްކޫލުތައް ބަންދުކޮށް، ކިޔަވައިނުދެވޭތީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެކަމުގެ އަސަރުތައް ދަރިވަރުންނަށް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަރިވަރުންގެ ސިއްޙީ ރައްކާތެރިކަމަށް ފިޔަވަޅު އެޅިގެން ސްކޫލަށް ގެނެސް ކިޔަވައިދެވޭނަމަ ތަޢުލީމީ ދާއިރާގައި އުޅޭ އެންމެން ވެސް ދަރިވަރުން ސްކޫލަށް ގެންނަން ބާރު އަޅާނެކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް