ޤައުމުންބޭރުގައި ދިރިއުޅޭ ދިވެހިންނަށް ދިވެހި، އިސްލާމް އަދި ޤުރުއާން ކިޔަވައިދެނީ

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އިސްލާމް، ދިވެހި، އަދި ޤުރުއާން ފަދަ މާއްދާތައް އޮންލައިންކޮށް ކިޔަވައިދިނުމާ ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާ ބައްދަލުކުރައްވާ، މަޝްވަރާކުރައްވައިފިއެވެ. ނައިބު ރައީސް ފައިޞަލް ނަސީމާއި، އެޑިއުކޭޝަން މިނިސްޓަރ ޢާއިޝަތު ޢަލީއާއި، އިސްލާމިކް މިނިސްޓަރ އަޙްމަދު ޒާހިރާއި، ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފު ޢަލީއާއި، ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީގެ އިތުރުން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންއާއި، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ އިސްވެރިންނާއެކު މި […]

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު ނުބާއްވާ ގޮތަށް ހަމަޖައްސައިފި

ޤައުމީ ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކު ބާއްވާ ރަސްމީ ޖަލްސާ މިއަހަރު ނުބޭއްވުމަށް ސަރުކާރުން ނިންމަވައި އެކަން އިޢްލާނު ކޮށްފިއެވެ. ރައީސް އޮފީހުން މިއަދު ވިދާޅުވެފައިވަނީ، ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން މި އަހަރުގެ ޖަލްސާ ނުބާއްވަވާ ގޮތަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. އޭގެ އިތުރުން، ކޮވިޑް19ގެ ޙާލަތުން ޢާންމު ޙާލަތަށް ރުޖޫޢަވެވުމުން ޤައުމީ އިނާމު ދެއްވުމަށް ޙާއްސަ ޖަލްސާއެއް ބާއްވާނެ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ. އެ ޖަލްސާ ބައްވާނެ ތާރީޚެއް ފަހުން އިޢްލާނު ކުރައްވާނެ ކަމަށް […]

އަންނަ ހަފްތާގައި ގްރޭޑް އަށެއްގެ ކިޔެވުން ފަށަނީ

އަންނަ ހަފްތާއިން ފެށިގެން މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް އަށެއްގެ ދަރިވަރުންގެ ކިޔެވުން ފެށުމަށް ހަމަޖެހިއްޖެއެވެ. ކޮވިޑް-19އާއި ގުޅިގެން މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް8ގެ ދަރިވަރުންގެ ކިޔެވުން މެދުކަނޑާލައިފައި އޮތުމަށް ފަހު މިފެށޭ ހަފްތާގައި އަނެއްކާވެސް ގްރޭޑް 8ގެ ދަރިވަރުން ސްކޫލަށް ދާން ފެށުމަށް ހަމަޖެހުފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ އިޢްލާނު ކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ކޮވިޑް-19 އިގެ މިހާރުގެ ހާލަތަށް ބެލުމަށްފަހު އެޗްޕީއޭގެ ލަފާގެ މަތިން މާލެ ސިޓީގެ ސްކޫލްތަކުގައި […]

ތިން ހަފްތާފަހުން ކޮވިޑް-19ގައި މީހަކު ނިޔާވެއްޖެ

  ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފައިވަނީ ކޮވިޑް-19ގައި ނިޔާވެފައިވަނީ 56އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.   އޭނާ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރު 2:20 ގައި ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. ރާއްޖެ އިން އެންމެ ފަހުން ކޮވިޑް-19ގައި މީހަކު ނިޔާވެފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހު އެވެ. މިއަދުގެ މަރާއި އެކު ރާއްޖެ އިން […]

ހައިކޯޓާއި ކްރިމިނަލް ކޯޓުންވެސް އިސްފަޑިޔާރު ކަމަށް އެއްބޭފުޅަކު

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ އެންމެ ބޭފުޅެއް ކަމަށާއި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ވެސް ކުރިމަތިލެއްވީ އެންމެ ބޭފުޅެއް ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވެއްޖެއެވެ. ޖުޑިޝަލް ސާވިސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ ދެ ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު މިދިޔަ އަންގާރަ ދުވަހު ހަމަވިއިރު، ކޮންމެ ކޯޓަކުން ވެސް ކުރިމަތިލެއްވީ އެންމެ ބޭފުޅެއް ކަމަށެވެ. ނަމަވެސް، އެ ބޭފުޅުންގެ ނަން ޖޭއެސްސީ އިން […]

ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ގިނަ ޢަދަދެއްގެ މަސްތުވާ ތަކެތި ނައްތައިލައިފިއެވެ. މިއަދު މި ނައްތާލި މަސްތުވާ ތެކެއްޗަކި އެކި މައްސަލަތަކުގައި މިދިޔަ ޖޫން މަހާ ހަމަ އަށް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 12،778 އެވިޑެންސްގައި ހިމެނޭ މަސްތުވާތަކެއްޗެވެ. 300ކިލޯއަށްވުރެ ގިނަ މިތަކެތި މިއަދު ނައްތާލާފައިވަނީ ދޫނިދޫގަ އެވެ.. ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ޙަމީދާއި ފުލުހުންގެ އިސްވެރިން ވަނީ، މަސްތުވާތަކެތި ނައްތާލި ތަނަށް ވަޑައިގެންފައެވެ. މިއަދު މަސްތުވާތަކެތި ނައްތާލިތަނަށް ވަޑައިގެން […]

ޔާމިންގެ އެކައުންޓު ފްރީޒް ކުރީ ގޯސްކޮށް: ސްޕްރީމް ކޯޓު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްޤައްޔޫމްގެ ބޭންކް އެކައުންޓު ފްރީޒްކުރަން ކޯޓު ޢަމުރު ނެރުނީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ. ރައީސް ޔާމީންގެ 8 އެކައުންޓެއް ފްރީޒް ކުރުމުގެ އަމުރެއް މިދިޔަ އަހަރު ކުރީކޮޅު ކްރިމިނަލް ކޯޓުން ނެރުނީ އެމްއެމްޕީއާރްސީގެ ޙިޔާނާތާއި ގުޅިގެން ދަޢުލަތަށް ލިބެންޖެހޭ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް ބުނެ، އެފަދަ ޢަމުރަކަށް ފުލުހުން އެދުމުންނެވެ. އެ ޢަމުރުގައި ބުނެފައިވަނީ އެ ފައިސާ ނުހިފަހައްޓައިފިނަމަ އެއިން އެމަނިކުފާނު މާލީ […]

ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ބްރޯޑްކާސްޓިން އާއި ރީބްރޯޑްކާސްޓިން ލައިސަންސަށް އެދުމުގެ ފުރުސަތު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހުޅުވާލައިފި އެވެ. ބްރޯޑްކާސްޓިން ދުވަސް ފާހަގަކުރަން ބްރޯޑްކޮމް އިން ބޭއްވި ވާޗުއަލް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސާ މަރިޔަމް ވަހީދާ ވިދާޅުވީ، ލައިސަންސަށް އެދި ހުށަހަޅަން ގިނަ ބަޔަކު ބޭނުންވާ ކަމަށާއި އެ ކޮމިޝަނުން ދޫކުރާ ލައިސަންސް ފަސް އަހަރުގެ މުއްދަތަކަށް ބޭނުންކުރެވޭނެ ކަމަށެވެ. މިހާތަނަށް 39 ފަރާތަކަށް ބްރޯޑްކާސްޓިން ލައިސަންސް ވަނީ ދޫކޮށްފައެވެ. 11 ފަރާތަކުން ޓީވީއަށް ބޭނުންވާ […]

ފޮނަދޫ މަގުތަކުގައި މިމަހު ތާރު އަޅަނީ

ލ.ފޮނަދޫގެ ބައެއް މަގުތަކުގައި މިމަހު ތާރު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެމްޓީސީސީން ބުނީ އެ ރަށުގެ އެ މަޝްރޫއުގެ ތެރެއިން ބައެއް މަގުތަކުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މި މަސައްކަތުގައި 3.5 ކިލޯ މީޓަރު ހުންނަ 12 މަގުގައި ތާރު އަޅާ ފެން ހިންދާ ނިޒާމު ގާއިމުކުރާނެ އެވެ. ފޮނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު މިހާރު ވަނީ ގެންގޮސްފަ އެވެ. މި މަޝްރޫއަކީ 25.5 މިލިއަން ރުފިޔާއަށް […]

ބްރިޓީޝް އެއާވޭޒް އިން މިމަހު އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ދަތުރުތައް ފަށަނީ

ބްރިޓިޝް އެއާވޭޒްއިން އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ހަމަޖައްސައިފި އެވެ. ބްރިޓިޝް އެއާވޭޒް އިން ފިނި މޫސުމުގައި ކުރާ ސީދާ ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އެގޮތުން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންއިން މާލެއަށް ކޮންމެ ހަފްތާއަކު ތިން ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށް އެ އެއާލައިނުން ވަނީ ހާމަކޮށްފަ އެވެ. އެ އެއާލައިނުގެ ވެބްސައިޓުގައިވާ ގޮތުންނަމަ އޮކްޓޯބަރު މަހު ފަށާ ދަތުރުތަކުގައި އިކޮނޮމީ ކުލާހުގެ ޓިކެޓެއްގެ އަގު އުޅެނީ […]