ހައިކޯޓާއި ކްރިމިނަލް ކޯޓުންވެސް އިސްފަޑިޔާރު ކަމަށް އެއްބޭފުޅަކު

Loading

Facebook
Twitter
WhatsApp

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ އެންމެ ބޭފުޅެއް ކަމަށާއި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ވެސް ކުރިމަތިލެއްވީ އެންމެ ބޭފުޅެއް ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވެއްޖެއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ ދެ ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު މިދިޔަ އަންގާރަ ދުވަހު ހަމަވިއިރު، ކޮންމެ ކޯޓަކުން ވެސް ކުރިމަތިލެއްވީ އެންމެ ބޭފުޅެއް ކަމަށެވެ.

ނަމަވެސް، އެ ބޭފުޅުންގެ ނަން ޖޭއެސްސީ އިން ހާމަ ކުރައްވައިފައެއް ނުވެއެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމު ހުސްވީ އެ މަޤާމުގައި ހުންނެވި ޝުޖާޢު ޢުޘްމާން ފަނޑިޔާރު ކަމުން އިސްތިޢުފާ ދެއްވުމުނުންނެވެ. ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަޤާމު ހުސްވީ އެ މަޤާމުގައި ހުންނެވި އަޙްމަދު ޙައިލްމް އިސްތިޢުފާ ދެއްވުމުންނެވެ.

ޝުޖާޢުއާއި ޙައިލްމް ވެސް ފަނޑިޔާރު ކަމުން އިސްތިޢުފާ ދެއްވައިފައިވަނި އެ ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ޖޭއެސްސީ އިން ބަލަން ފަށައި، ސަސްޕެންޑް ކޮށްފައި ވަނިކޮށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް