ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

ބްރޯޑްކާސްޓިން އާއި ރީބްރޯޑްކާސްޓިން ލައިސަންސަށް އެދުމުގެ ފުރުސަތު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހުޅުވާލައިފި އެވެ.

ބްރޯޑްކާސްޓިން ދުވަސް ފާހަގަކުރަން ބްރޯޑްކޮމް އިން ބޭއްވި ވާޗުއަލް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސާ މަރިޔަމް ވަހީދާ ވިދާޅުވީ، ލައިސަންސަށް އެދި ހުށަހަޅަން ގިނަ ބަޔަކު ބޭނުންވާ ކަމަށާއި އެ ކޮމިޝަނުން ދޫކުރާ ލައިސަންސް ފަސް އަހަރުގެ މުއްދަތަކަށް ބޭނުންކުރެވޭނެ ކަމަށެވެ.

މިހާތަނަށް 39 ފަރާތަކަށް ބްރޯޑްކާސްޓިން ލައިސަންސް ވަނީ ދޫކޮށްފައެވެ. 11 ފަރާތަކުން ޓީވީއަށް ބޭނުންވާ ލައިސަންސް ނަގާފައިވާއިރު، ބާކީ 28 ލައިސަންސަކީ ރޭޑިއޯ ލައިސަންސެވެ. 100 އަށް ވުރެ ގިނަ ފަރާތުން ރީ-ބްރޯޑްކާސްޓުކުރުމުގެ ލައިސަންސް ނަގާފައިވާ ކަމަށް މަރިޔަމް ވަހީދާ ވިދާޅުވިއެވެ.

ބްރޯޑްކޮމް އިން މައުލޫމާތު ދޭ ގޮތުގައި މި ދެ ކަމަށް އެދި ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހެވެ. އަދި ކުރިން ދޫކޮށްފައިވާ ލައިސަންސް، އާ ފޯމެޓަށް ބަދަލުކުރަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ އަހަރުގެ އޭޕްރިލްގެ ތިން ވަނަ ދުވަހެވެ. އާ ފޯމެޓަށް ލައިސަންސް ބަދަލުކުރަން އެއްވެސް ހަރަދެއް ކުރަން ނުޖެހޭނެ ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް