ޤައުމުންބޭރުގައި ދިރިއުޅޭ ދިވެހިންނަށް ދިވެހި، އިސްލާމް އަދި ޤުރުއާން ކިޔަވައިދެނީ

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އިސްލާމް، ދިވެހި، އަދި ޤުރުއާން ފަދަ މާއްދާތައް އޮންލައިންކޮށް ކިޔަވައިދިނުމާ ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާ ބައްދަލުކުރައްވާ، މަޝްވަރާކުރައްވައިފިއެވެ.

ނައިބު ރައީސް ފައިޞަލް ނަސީމާއި، އެޑިއުކޭޝަން މިނިސްޓަރ ޢާއިޝަތު ޢަލީއާއި، އިސްލާމިކް މިނިސްޓަރ އަޙްމަދު ޒާހިރާއި، ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފު ޢަލީއާއި، ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީގެ އިތުރުން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންއާއި، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ އިސްވެރިންނާއެކު މި މަޝްވަރާތައް ކުރިއަށްގެންގޮސްފައި ވަނީ، ރައީސް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ފައިސަލް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ދިވެހި ބަހާއި ޤުރުއާން އަދި އިސްލާމް ފަދަ މާއްދާތައް ކިޔަވައިދިނުމަކީ މުހިންމުކަމެއް ކަމަށެވެ.

އަދި ދިވެހިންގެ އާދަކާދައާއި ސަޤާފަތަށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ކުދިން އަހުލުވެރިކުރުމުގެ މުހިންމުކަން އެޑިއުކޭޝަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި މިކަން ޙާޞިލުކުރުމަށް ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްކޮށްދެއްވުމަށް މި ބައްދަލުކުރެއްވުމުގައި އެދިވަޑައިގެންނެވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް