ލ.ފޮނަދޫގެ ބައެއް މަގުތަކުގައި މިމަހު ތާރު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ އެ ރަށުގެ އެ މަޝްރޫއުގެ ތެރެއިން ބައެއް މަގުތަކުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މި މަސައްކަތުގައި 3.5 ކިލޯ މީޓަރު ހުންނަ 12 މަގުގައި ތާރު އަޅާ ފެން ހިންދާ ނިޒާމު ގާއިމުކުރާނެ އެވެ.
ފޮނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު މިހާރު ވަނީ ގެންގޮސްފަ އެވެ.
މި މަޝްރޫއަކީ 25.5 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް ދީފައިވާ މަޝްރޫއެކެވެ. އެމްޓީސީސީން ކޮންމެ ދުވަހަކު ވެސް އެ ކުންފުނީގެ މަސައްކަތްތައް ޓްވިޓާގައި އަޕްޑޭޓް ކުރެ އެވެ