ތިން ހަފްތާފަހުން ކޮވިޑް-19ގައި މީހަކު ނިޔާވެއްޖެ

Loading

Facebook
Twitter
WhatsApp

 

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފައިވަނީ ކޮވިޑް-19ގައި ނިޔާވެފައިވަނީ 56އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

 

އޭނާ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރު 2:20 ގައި ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ރާއްޖެ އިން އެންމެ ފަހުން ކޮވިޑް-19ގައި މީހަކު ނިޔާވެފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހު އެވެ. މިއަދުގެ މަރާއި އެކު ރާއްޖެ އިން ކޮވިޑް-19ގައި ނިޔާވި މީހުންގެ ޢަދަދު ވަނީ 35 އަށް އަރާފަ އެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 10،859 އަށް އަރައިފައެވެ. އޭގެ ތެރެއިން 9،683 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްގެ ގޮތުގައި 1،135 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 74 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 376 މީހުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް