މުޒާހަރާތަކާއި އެކު ތައިލެންޑުގައި ކުއްލި ޙާލަތު އިޢްލާނުކޮށްފި

ތައިލެންޑުގައި އެޤައުމުގެ ސަރުކާރާއި ދެކޮޅަށް ޢާންމުން ކުރާ މުޒާހަރާ ވަރުގަދަ ކޮށް، އެޤައުމުގެ ރަސްގެފާނު މަހާ ވަޖިރަލޮންކޮން އާއި ދެކޮޅަށް އަޑުއުފުލައި އޭނާގެ މޮޓޯކޭޑަށް ހުރަސްއެޅުމުން ތައިލެންޑް ސަރުކާރުން އެޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާނުކޮށްފިއެވެ. ރިޕޯޓްތަށް ބުނާ ގޮތުން ތައިލެންޑް ސަރުކާރުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާނު ކުރީ އެއްފަހަރާ ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްތަނަކަށް އެއްވެއުޅުން މަނާވާގޮތަށެވެ. މީގެ އިތުރުން ޤައުމި ސަލާމަތަށް ނުރައްކާވާނެ ކަމަށް ބެލެވޭ ވާހަކަތައް ފެތުރުމާއި ސޯޝަލް […]

ކާރެއްގެ ތެރެއިން ބަނގުރާ ދަޅުތަކެއް އަތުލައިގެންފި

ހުޅުމާލޭގައި ކާރެއް ބަލައިފާސްކޮށް، 72 ދަޅު ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. ހުޅުމާލެ ޕޮލިސްއަށް މީހަކު މީހަކު ކުރި ރިޕޯޓަކާއި ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގްއި ހައްޔަރުކޮށްފައި ވަނީ 37 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ވިދާޅުވެފައިވަނީ އެ މީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެއިން މާލެއަށް ބަނގުރާ އުފުލާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޓްރެފިކް ޕޮލިހާއި ހުޅުމާލެ ޕޮލިހުގައި މަސައްކަތްކުރާ ފުލުހުން ކުރި މަސައްކަތުން ކަމަށެވެ. އެގޮތުން ރޭ 22:07 ހާއިރު ހުޅުމާލެ ކޭލިގެމަތަ ބަސް […]

ޕީއެންސީގެ ކައުންސިލުން ޝަހީބު ސަސްޕެންޑު ކޮށްފި

ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާއި ގުޅޭ އިސް މީހެއްކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބު އިބްރާހިމް ޕީއެންސީގެ ކައުންސިލް މެމްބަރުކަމުން ސަސްޕެންޑުކޮށްފިއެވެ. ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި ހިމެނޭ ”ޑްރަގު ނެޓްވޯކް“ގައި ހިމެނޭ ހަތް މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން އިސް މީހުން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ފުލުހުން މިވަނީ މިއަދު ޢާންމުކޮށްފައެވެ. […]

ޢަލީ ވަހީދުގެ މައްޗަށް ދަޢުވާކުރުމަށް އެދި ޕީޖީއަށް ފޮނުވައިފި

  ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ މައްސަލައެއްގައި ދަޢުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.   ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވެފައިވަނީ، ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުޙުމަތުކުރެވޭ މައްސަލައިގެ ތަހުޤީޤުގައި ޕީޖީއާ އެކު ކުރެވުނު މަޝްވަރާތަކާއި އެއްގޮތަށް އިސްލާޙުކޮށް މިދިޔަ ބުދަ ދުވަހު އެ މައްސަލައިގެ ލިޔެކިޔުންތައް ޕީޖީ އޮފީހާ ހަވާލުކޮށްފައިވާނެ ކަމަށެވެ. ފުލުހުން ތަހުޤީޤުކުރާ މައްސަލަތައް ޕީޖީގެ މަޝްވަރާ އަށް ފޮނުވުމުގެ މަރުޙަލާގައި […]

ކުއަލަލަމްޕޫރް ފުރަބަންދުކުރަން ނިންމައިފި

މެލޭޝިއާގެ ކުއަލަލަމްޕޫރު ފުރަބަންދުކުރުމަށް ނިންމައިފިއެވެ. ކުއަލަލަމްޕޫރު ހިމެނޭ ރީޖަން ފުރަބަންދު ކުރުމަށް މެލެޝިއާގެ ސަރުކާރުން މިނިންމީ އެޤައުމުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވާން ފެށުމުންނެވެ. މެލޭޝިއާގެ ސަރުކާރުން ބުނެފައިވަނީ މެލޭޝިއާ ގަޑިން މިރޭ 00:00ން ފެށިގެން މި އޮކްޓޯބަރ މަހުގެ 27ވަނަ ދުވަހާއި ހަމައަށް ކުއަލަލަމްޕޫރް ހިމެނޭ ރީޖަންގައި އިތުރު ފިޔަވަޅުތައް އަޅަން ނިންމައިފައިވާ ކަމަށެވެ. އެގޮތުން އިޖްތިމާޢީ އެއްވުންތައް މަނާ ކުރުމަށާއި، އެއްއަވަށުން އަނެއް އަވަށަށް ދަތުރު ކުރުން ވެސް މަނާ ކުރުމަށް ނިންމާފައިވާކަމަށެވެ. ޒަރޫރީ […]

މެމްބަރު ޔައުޤޫބުގެ ގޮނޑީގެ މައްސަލަ އަންނަ ހަފްތާއަށް ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބު ޢަބްދުﷲގެ މެމްބަރުކަން ގެއްލިފައިވާކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން އަންނަ ހަފުތާ އަށް ފަސްކޮށްފި އެވެ. ވެރިކަން ކުރާ ޕާޓީ އެމްޑީޕީ އަށް ނިސްބަތްވާ ޔައުޤޫބު ޢަބްދުﷲގ ގޮނޑީގެ މައްސަލަ ފަސްކޮށްފައިވަނީ އެބޭފުޅާ އެގޮތަށް އެދިލެއްވުމުން ކަމަށް ޚަބަރުތަށް ބުނެއެވެ. ސިވިލް ކޯޓުގެ ކުރިގެ ޤާޒީ މުޙައްމަދު ޙަލީމް ހުށައެޅުއްވި މިމައްސަލައިގެ އަޑުއެހުން ފުރަތަމަ ތާވަލު ކޮށްފައި އޮތީ އަންނަ ބުރާސްފަތި ދުވަހަށެވެ، ނަމަވެސް […]

ލަންކާއިން އިއްޔެވެސް 124މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި

ލަންކާއިން އިއްޔެވެސް 124 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް އެގައުމުން ބުނެފި އެވެ. ލަންކާގައި ކޮވިޑް-19ގެ ކޭހެއް ނުފެންނަތާ ގިނަ ދުވަސްތަކަކަށް ފަހު ކޮވިޑް-19ގެ ކޭހެއް އަލުން ފެނުނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެޤައުކުގެ މިނިވަންގޮޑާގެ ގާމަންޓް ފެކްޓްރީއަކުންނެވެ. އެ ފެކްޓްރީން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1307 އަށް އަރައިފައެވެ. އެގޮތުން އިއްޔެވެސް ވަނީ އެ ފެކްޓްރީން ދެ މީހަކު ޕޮޒިޓިވްވެފަ އެވެ. އޭގެ އިތުރުން އެ ފެކްޓްރީގައި މަސައްކަތް ކުރާ މީހުންނާއި […]

ޗައިނާގެ ސިޓީއެއްގެ އެންމެން ފަސްދުވަހުން ޓެސްޓުކުރަނީ

ޗައިނާގެ ސިޓީއެއް ކަމަށްވާ ޗިއަންޑައޮގެ އާބާދީގެ އެންމެން (ނުވަމިލިއަން މީހުން) އެންމެ ފަސްދުވަސް ތެރޭގައި ކޮވިޑް-19އަށް ޓެސްޓުކުރުމަށް ނިންމައިފިއެވެ. ޗިންޑައޮގެ މުޅި އާބާދީ ޓެސްޓް ކުރަން ނިންމާފައި މިވަނީ އެ ސިޓީގެ ހޮސްޕިޓަލަކުން ފަރުވާ ހޯދި ބަޔަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ހޮސްޕިޓަލުން ފަރުވާ ހޯދާފައި ވަނީ ބޭރު ޤައުމެއްގައި އުޅެފައި ޗައިނާ އަށް ދިޔަ ބަޔެކެވެ. ޗައިނާއިން މިދިޔަ މެއި މަހު ވަނީ ވޫހާން ސިޓީގެ 11 މިލިއަން މީހުން 10 ދުވަހުން ޓެސްޓްކޮށްފަ އެވެ. […]

ކުރިއަށް އޮތް ދެދުވަހު އުތުރާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވާނެ: މެޓް އޮފީސް

ކުރިއަށް އޮތް ދެދުވަހު އުތުރާއި މެދުރާއްޖެތެރޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ. މެޓް އޮފީހުން ވިދާޅުވެފައިވަނީ މި ވިއްސާރައަކީ ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ލޯޕްރެޝާ ޓްރަފްގެ ސަބަބުން އެކި ހިސާބުތަކުގައި އުފެދެމުން އަންނަ ބޯވިއްސާރަ ވިލާތަކުގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް ދެދުވަހުގެ އުތުރާއި މެދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރަމުން ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ވަނީ […]

ޑަބްލިއުޓީއޯގެ ސަފީރުކަމަށް ޑރ އާސިމް ހަމަޖައްސައިފި

ދިވެހިރާއްޖެ އިން ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އަށް ކަނޑައަޅާ މަންދޫބެއްގެ ގޮތުގައި ގ ފަރުކަނި، ޑރ ޢާސިމް އަޙްމަދު އައްޔަންކުރުމަށް ރުހުންދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ޑރ ޢާސިމް އަށް ރުހުން ދިނުމަށް މަޖިލީހުގެ މައަދުގެ ޖަލްސާގައި ފާސްވެކޮށްފައިވަނީ 53މެމްބަރުންގެ ވޯޓުންނެވެ. ޑރ ޢާސިމް އަށް ރުހުން ދޭން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވައިފައެއްނުވެއެވެ. ޑަބްލިޔު.ޓީ.އޯއަށް ކަނޑައަޅާ މަންދޫބުގެ މަގާމަށް އައްޔަން ކުރަން ޢާސިމްގެ ނަންފުޅަށް މަޖިލީހުން ރުހުން ދިންއިރު، ޢާސިމް […]