ކުރިއަށް އޮތް ދެދުވަހު އުތުރާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވާނެ: މެޓް އޮފީސް

Loading

Facebook
Twitter
WhatsApp

ކުރިއަށް އޮތް ދެދުވަހު އުތުރާއި މެދުރާއްޖެތެރޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ވިދާޅުވެފައިވަނީ މި ވިއްސާރައަކީ ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ލޯޕްރެޝާ ޓްރަފްގެ ސަބަބުން އެކި ހިސާބުތަކުގައި އުފެދެމުން އަންނަ ބޯވިއްސާރަ ވިލާތަކުގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށެވެ.

އެހެން ކަމުން ކުރިއަށް އޮތް ދެދުވަހުގެ އުތުރާއި މެދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރަމުން ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ވަނީ ވިދާޅުވެފައެވެ.

މެޓް އޮފީހުން ވިދާޅުވީ، މިވިއްސާރައިގައި މެދުރާއްޖެތެރެއަށާއި އުތުރުގެ އަތޮޅުތަކުގައި އާންމުކޮށްވައި ގަދަވެ، ކަނޑުތައްގަދަވާނެ ކަމަށާއި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިގަދަވާނެކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ޢާންމުންނަށް ޚާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލު ކަމެއް ދެއްވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ.

ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ލޯޕްރެޝާ ޓްރަފްގެ ސަބަބުން ވިއްސާރަ ކުރާނެ ކަމަށް މެޓުން ލާފާ ކޮށްފައިވާއިރު، މެޓު އޮފީހުން ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ ކަމަށް ލާފާ ކޮށް ހުދު ސަމާލު ނެރެފައެވެ.

ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާ ކޮށްފައެވެ. މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 14:00 އިން ފެށިގެން މިރޭ 19:00 އާއި ހަމައަށެވެ. އަދި މިއަދު ހެނދުނު މެޓުން ވަނީ ބ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރީނދޫ ސަމާލުވެސް ނެރެފައެވެ.

މެޓުން ވިދާޅުވީ، ދެކުނުގެ ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ހަމައަށް އުފުލޭނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް