ޑަބްލިއުޓީއޯގެ ސަފީރުކަމަށް ޑރ އާސިމް ހަމަޖައްސައިފި

Loading

Facebook
Twitter
WhatsApp

ދިވެހިރާއްޖެ އިން ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އަށް ކަނޑައަޅާ މަންދޫބެއްގެ ގޮތުގައި ގ ފަރުކަނި، ޑރ ޢާސިމް އަޙްމަދު އައްޔަންކުރުމަށް ރުހުންދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޑރ ޢާސިމް އަށް ރުހުން ދިނުމަށް މަޖިލީހުގެ މައަދުގެ ޖަލްސާގައި ފާސްވެކޮށްފައިވަނީ 53މެމްބަރުންގެ ވޯޓުންނެވެ. ޑރ ޢާސިމް އަށް ރުހުން ދޭން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވައިފައެއްނުވެއެވެ.

ޑަބްލިޔު.ޓީ.އޯއަށް ކަނޑައަޅާ މަންދޫބުގެ މަގާމަށް އައްޔަން ކުރަން ޢާސިމްގެ ނަންފުޅަށް މަޖިލީހުން ރުހުން ދިންއިރު، ޢާސިމް އަކީ ރާއްޖެއިން އ.ދ އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ދާއިމީ މަންދޫބެވެ.

އެޑިއުކޭޝަން މިނިސްޓަރ ކަމާއި ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް ކަން ވެސް ޑރ ޢާސިމް ކުރއްވައިފައިވެއެވެ. ޑރ ޢާސިމް ވަނީ ޔޫއެންޑީޕީ އާއި ޔުނިސެފް ފަދަ ބައިނަލް އަޤްވާމީ ޖަމްޢިއްޔާތަކަށް ފަންނީ ލަފާވެސް އަރުވައިފައެވެ.

ޑރ ޢާސިމް އަކީ ސޯޝިއޮލޮޖީ އެންޑް ޕޮލިޓިކްސްގެ ދާއިރާއިން ބެޗެލަރ އޮފް އާރޓްސް އާއި، މާސްޓަރ އޮފް ފިލޯސޮފީ އިން ޑިވެލޮޕްމަންޓް ސްޓަޑީސްއާއި، ޑޮކްޓަރ އޮފް ފިލޯސޮފީ އިން ސޯޝަލް ޕޮލިސީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް