ކާރެއްގެ ތެރެއިން ބަނގުރާ ދަޅުތަކެއް އަތުލައިގެންފި

Loading

Facebook
Twitter
WhatsApp

ހުޅުމާލޭގައި ކާރެއް ބަލައިފާސްކޮށް، 72 ދަޅު ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ހުޅުމާލެ ޕޮލިސްއަށް މީހަކު މީހަކު ކުރި ރިޕޯޓަކާއި ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގްއި ހައްޔަރުކޮށްފައި ވަނީ 37 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ވިދާޅުވެފައިވަނީ އެ މީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެއިން މާލެއަށް ބަނގުރާ އުފުލާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޓްރެފިކް ޕޮލިހާއި ހުޅުމާލެ ޕޮލިހުގައި މަސައްކަތްކުރާ ފުލުހުން ކުރި މަސައްކަތުން ކަމަށެވެ.

އެގޮތުން ރޭ 22:07 ހާއިރު ހުޅުމާލެ ކޭލިގެމަތަ ބަސް ސްޓޮޕް ކައިރިން އެ ކާރު ހުއްޓުވައި ބަލައިފާސްކުރި ކަމަށާއި، އޭރު އެކާރުގެ ޑިކީ ތެރޭގައި ހުރި ކޫލް ބޮކްސް އެއްގެ ތެރެއިންނާއި ޑިކީ ތެރޭގައި އޮތް ދަބަހެއްގެ ތެރެއިން 72 ދަޅު ބިޔަރު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް