މަސްތުވެގެންހުރެ އިސްލާމްދީނަށް ފުރައްސާރަ ކުރި މީހާ ޑީޕޯޓު ކޮށްލައިފި

މާލޭގެ މަގެއްގެ މަތީގައި މަސްތުވެގެން ހުރެ އިސްލާމްދީނަށް ފުރައްސާރަ ކުރި އިންޑިއާ ޑޮކްޓަރ ޑިޕޯޓުކޮށްލައިފި އެވެ. މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ މާލޭ އަބަދަށްފެހި މަގުގައި، މަސްތުވެގެން ހުރެ ރާއްޖޭގެ ކޯޓުތަކަށް ގޮންޖަހައި، ދީނަށް ފުރައްސާރަކުރީ ރާއްޖޭގައި މަސައްކަތް ކުރަމުން އައި އިންޑިއާ ރައްޔިތެކެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުވެސް ކުރި ނަމަވެސް، ކޯޓުން އޭނާގެ ބަންދު އިތުރު ނުކުރުމުން އޭނާ ދޫކޮށްލީ އެވެ. މިއަދު އެ މައްސަލައާއި ގުޅިގެން ފުލުހުން މީޑިއާތަކަށް ބުނީ […]
ބީއެމްއެލްއަށް ހުޅުމާލެއިން ބިމެއް ގަނެފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޮފީސް އިމާރާތް ހެދުމަށް ހުޅުމާލެ އިން ބިމެއް ގަނެފިއެވެ. ބީއެމްއެލް އިން މިބިން ގަނެފައިވަނީ 58.7 މިލިއަން ރުފިޔާއަށެވެ. ބީއެމްއެލް އިން ގަނެފައި ވަނީ އެޗްޑީސީގެ މިލްކުގައިވާ ހުޅުމާލޭ ލޮޓް ނަމްބަރު 11611 އެވެ. އެއީ 15،822.5 އަކަފޫޓު (1469.96 އަކަމީޓަރު)ގެ ބިމެކެވެ. އެ ބިން ގަނެފައި ވަނީ އަކަފޫޓަކަށް 3،710.11 ރުފިޔާގެ ރޭޓުންނެވެ. އެޗްޑީސީއިން ހުށަހެޅީ އެ ބިން 58،701،475 ރުފިޔާއަށް ވިއްކުމަށެވެ. އެ ގޮތަށް ދެ ފަރާތުން އެއްބަސްވެ، […]
ރާއްޖޭގައި އިންޑިއާ ސިފައިންގެ 200މީހުން އުޅޭނެ: ޢުމަރު

ރާއްޖޭގައި ތިންސަރަހައްދެއްގައި 200 އިންޑިއާ ސިފއިން އުޅޭނެކަމަށް ރާއްޖޭގެ ކުރީގެ ހޯމްމިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ. ޢުމަރު ނަސީރު މިހެން ވިދާޅުވެފައި މިވަނީ މިއަދު މިފާހަގަ ކުރެވޭ ޤައުމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި މެސެޖެއްގައެވެ. އެމެސެޖުގައި ޢުމަރު އތުރަށް ވިދާޅުވެފއިވަނީ މި ޒަމާނުގައި ދުނިޔޭގެ ބާރުތަކުން ޤައުމުތަށް އަޅުވެތި ކުރަނީ ކުރީގައި އާންމު ގޮތެއްގައި ހަނގުރާމަ ކުރާ އުސޫލަކުން ނޫން ކަމަށެވެ. އަދި މިޒަމާނުގައި އަޅުވެތިކަމުގެ ދަށަށް ގެންދިއުމުގައި ތަފާތު އުކުޅުތައް ބޭނުން ކުރާ ކަން ފާހަގަކުރައްވައި […]
ކޮވިޑް ވެކްސިން ޖެހުމަށް ޗައިނާގައި ދިގު ކިއުތަކެއް ހަދައިފި

ކޮވިޑް-19އިން ދިފާޢުވުމަށް ޗައިނާ އިން އުފެއްދި ވެކްސިން ޢާންމުން ތަޖްރިބާ ކުރުމަށް އިއްޔެ ހުޅުވުމާއި އެކު އެތައް ހާސް ބަޔަކު ވެކްސިން ޖަހަން ކިއު ހަދައިފި އެވެ. ކްލިނިކަލީ ގޮތުން ހަދަން ޖެހޭ ޓްރަޔަލްތަށް ނިމިފައި ނުވިޔަސް އިރުމަތީ ޒެޖިއާން ޕްރޮވިންސްގެ ޔިވޫ ސިޓީގެ ކޮމިޔުނިޓީ ހެލްތު ސެންޓަރުގެ ބޭރުގައި ވެކްސިން ނެރުމުގެ ކުރިން ކިއު ހަދައިފައިވެއެވެ. އަދި ވެކްސިން ޖަހައިދީފައިވަނީ ޑޯޒެއް 45ޕައުންޑަށެވެ. ވެކްސިން ޖެހުމުގެ ކުރިން ވެކްސިން ޖަހަން ވޮލެންޓިއަރ ކުރި ފަރާތްތަކުން ވަނީ […]
ލަންކާގައި ބޮން ގޮއްވާލި މައްސަލައިގައި ކުރީގެ ރައީސާއި އަނެއްކާވެސް ސުވާލުކޮށްފި

މިދިޔަ އަހަރުގެ އޭޕްރީލް 21 ވަނަ ދުވަހު ސްރީލަންކާގައި ހިނގި ބޮން ގޮވުގެ ހާދިސާއާއި ގުޅިގެން އެޤައުމުގެ ކުރީގެ ރައީސް މައިތިރިޕާލަ ސިރިސެނާއާއި ހަތަރުވަނަ ފަހަރަށް ސުވާލުކޮށްފިއެވެ. ކްރިސްޓިއަން ދީނުގެ މީހުން ފާހަގަކުރާ އީސްޓަރ އާއި ދިމާކޮށް ދިން މި ނިރުބަވެރި ހަމަލާގެ ސަބަބުން ޖުމްލަ 269ށް ވުރެން ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިގެން ގޮސްފައެވެ. އޭރު ލަންކާގެ ރައީސް ކަމާއި ހަވާލުވެ ހުންނެވީ މައިތިރިޕާލަ ސިރިސެނާއެވެ. މިހާރު ރާޖަޕަކްސާގެ ވެރިކަމެއް އެކުލަވާލާފައި ވާއިރު، ރާޖަޕަކްސާގެ […]
ސްރީލަންކާއަށް ދާ މީހުން ނެގެޓިވް ޕީސީއާރް ޓެސްޓެއް ހުށައަޅަން ޖެހޭ ގޮތަށް ހަދައިފި

ސްރީލަންކާއަށް ދާ ފަރާތްތަކުންނާއި އެޤައުމުން ބޭރުވާ ފަރާތްތަކުން 3 ދުވަސް ނުވާ ކޮވިޑް-19 އަށް ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަން ޖެހޭ ގޮތަށް ނިންމައިފިއެވެ. ސްރީލަންކާ ސަރުކާރުން ނިންމާފައިވާ މި ނިންމުމުގައި ބުނެފައިވަނީ އެޤައުމަށް އެތެރެވުމުގެ ކުރިން ނުވަތަ އެޤައުމުން ބޭރުވުމުގެ ކުރިން ގިނަވަގެން 72 ގަޑިއިރު ވެފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ސްރީލަންކާއަށް އެތެރެވާ ފަރާތްތަކުން ޕީސީއާރު ޓެސްޓު ހުށަހަޅާ ގޮތަށް ނިންމާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އަދި އެޤައުމުން […]
ޕީޕީއެމްއިން ޒުވާނުންނަށް ޚާއްސަ ސްޕޯޓްސް ކެފޭއެއް ހުޅުވަނީ

އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ، ޕީޕީއެމުން ޒުވާނުންނަށް ހާއްސަކޮށްގެން ސްޕޯޓްސް ކެފޭ އެއް ހުޅުވުމަށް ނިންމައިފިއެވެ. ޕީޕީއެމްގެ ޢާންމު މެންބަރުންނަށް ޙާއްސަކޮށްގެން އަލަށް ތަޢާރަފް ކުރި ލޯޔަލްޓީ ކާޑު ނެރުމަށް އިއްޔެ ބޭއްވި ޖަލްސާގައި ޕީއެންސީ އަދި ޕީޕީއެމް ހިމެނޭ އިދިކޮޅު އިއްތިހާދުގެ ފަންޑްރައިސިންއާއި ހަވާލުވެގެން ހުންނަވާ ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވީ، މިހާރު ރާއްޖޭގައި ސިޔާސީ ޕާޓީތައް ހިންގަމުން އަންނަ ގޮތަށް ޒަމާނީ ބަދަލުތައް […]
ނިއުޒިލެންޑުގެ ބޮޑުވަޒީރުކަން ޖަސިންޑާ ދެވަނަ ފަހަރަށް ކާމިޔާބު ކުރައްވައިފި

ޖަސިންޑާ އާޑާން ދެވަނަ ފަހަރަށް ނިއުޒިލޭންޑުގެ ބޮޑުވަޒީރުކަން ކާމިޔާބުކުރައްވައިފިއެވެ. ނިއުޒިލެންޑުގައި މިއަދު ބޭއްވި އެޤައުމުގެ ޢާންމު އިންތިޙާބު ޖަސިންދާ ކާމިޔާބު ކުރައްވާފައިވަނީ 49 އިންސައްތަ ވޯޓުންނެވެ. ނެޝަނަލް ޕާޓީއަށް މިހާތަނަށް ލިބިފައި ވަނީ 27 ޕަސެންޓު ވޯޓެވެ. ބޮޑު އިންސައްތަ އަކުން ޖަސިންޑާގެ ޕާޓީ ކާމިޔާބުވުމުން 120 މެމްބަރުން ތިއްބަވާ ޕާލިމެންޓުން ލޭބާއަށް 64 ގޮނޑި ލިބޭނެ ކަމަށް ބެލެވެ އެވެ. ރިޕޯޓްތައް ބުނާގޮތުން މިހާތަނަށް ގުނާފައިވަނީ 77 އިންސައްތަ ވޯޓެވެ. ޖަސިންދާ އަށް ބޮޑުތަނުން ކުރި […]
މާދަމާ ރައީސް ޤައުމާއި މުޚާތަބު ކުރައްވަނީ

ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މާދަމާ ޤައުމާ މުޚާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވެފައިވަނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ޞާލިޙް މާދަމާ ޤައުމާއި މުޚާތަބު ކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެމަނިކުފާނު ޤައުމާއި މުޚާތަބު ކުރައްވާނީ ސޯޝަލް މީޑިއާގެ ވަޞީލަތްތަށް މެދުވެރިކޮށެވެ. އަދި މާދަމާގެ ޚިތާބު ދެއްވުމަށް ހަމަޖހިފައިވަނީ މާދަމާ ހެނދުނު 10:00ގަ އެވެ. މާދަމާ […]
ވިހިއަހަރުވެފައިވާ އުޅަނދުތައް ނައްތާލަނީ

ވިހި ނުވަތަ ތިރިސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އެއްގަމު އުޅަނދުތައް ނައްތާލުމުގެ ޕްރޮޖެކްޓެއް އަންނަ އަހަރު ފެށުމަށް ނިންމަވާފައިވާ ކަމަށް ޓްރާންސްޕޯޓް މިންސްޓްރީއިން ބުނެފިއެވެ. އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ހުށައަޅައިފައިވާ ދެ އިސްލާހާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިއަދު މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒް ޢަލީ ވިދާޅުވީ، މާލެގެ ކާރޫބާރޫކަން ކުޑަ ކުރުމަށް ދުވަސްވީ ވެހިކަލްތަށް ނައްތާލުމުގެ ޕްރޮޖެކްޓެއް ފެށުމަށް ނިންމަވާފައިވާކަމަށެވެ. ޝިމާޒް ވިދާޅުވީ […]