މަސްތުވެގެންހުރެ އިސްލާމްދީނަށް ފުރައްސާރަ ކުރި މީހާ ޑީޕޯޓު ކޮށްލައިފި

Loading

Facebook
Twitter
WhatsApp

މާލޭގެ މަގެއްގެ މަތީގައި މަސްތުވެގެން ހުރެ އިސްލާމްދީނަށް ފުރައްސާރަ ކުރި އިންޑިއާ ޑޮކްޓަރ ޑިޕޯޓުކޮށްލައިފި އެވެ.

މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ މާލޭ އަބަދަށްފެހި މަގުގައި، މަސްތުވެގެން ހުރެ ރާއްޖޭގެ ކޯޓުތަކަށް ގޮންޖަހައި، ދީނަށް ފުރައްސާރަކުރީ ރާއްޖޭގައި މަސައްކަތް ކުރަމުން އައި އިންޑިއާ ރައްޔިތެކެވެ.

އެ މައްސަލައިގައި އޭނާ ހައްޔަރުވެސް ކުރި ނަމަވެސް، ކޯޓުން އޭނާގެ ބަންދު އިތުރު ނުކުރުމުން އޭނާ ދޫކޮށްލީ އެވެ.

މިއަދު އެ މައްސަލައާއި ގުޅިގެން ފުލުހުން މީޑިއާތަކަށް ބުނީ އެ މީހާ ރާއްޖެއިން ޑިޕޯޓުކޮށް، މި މަހުގެ 13 ވަނަ ދުވަހު އޭނާ ރާއްޖެއިން ފުރުވާލާފައިވާ ކަމަށެވެ.

މަސްތުގެ ހާލަތުގައި ހުރެ އިސްލާމް ދީނަށް ފުރައްސާރަ ކުރި އިންޑިއާ މީހާ އެއްގޮތަކަށްވެސް ރާއްޖެ ނާދެވޭ ގޮތަށް ރާއްޖެއިން ޑިޕޯޓުކޮށްފިކަމަށާއި، އޭނާ ރާއްޖެއިން ފޮނުވާލާފައި ވަނީ މި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ކަމަށް ފުލުހުން މިއަދު ބުންޏެވެ.

އެ މީހާ ދީނަށް ފުރައްސާރަ ކުރި މަންޒަރު ފެންނަ ވީޑިއޯ އާންމު ވުމުން ގިނަ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރި އެވެ. އަދި އޭނާއާ މެދު ފިޔަވަޅު އަޅަން ގޮވާލި އެވެ.

Loading

0 Responses

  1. ދެން މިސަރުކާރަށް ލާދީނީ ގޮވުން ޕޕއެމުން ހުއްޓާލަބަލަ. ދީނަށް ފުރަށްސާރަކުރީމާ ވާގޮތް އެބަފެނޭނު. އެމްޑީއެން އަށް ވެސް އަދި ގޮތެއް ހަދާނެކަމަށް ބެލެވެނީ އުތެމައަށާއި މަންދު ކޮލެޖަށްވެސް. ރަނގަޅުވާނެކަމުގެ އުންމީދުގައި ތިބީމާ ރަނގަޅުވާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް