ކޮވިޑް ވެކްސިން ޖެހުމަށް ޗައިނާގައި ދިގު ކިއުތަކެއް ހަދައިފި

Loading

Facebook
Twitter
WhatsApp

ކޮވިޑް-19އިން ދިފާޢުވުމަށް ޗައިނާ އިން އުފެއްދި ވެކްސިން ޢާންމުން ތަޖްރިބާ ކުރުމަށް އިއްޔެ ހުޅުވުމާއި އެކު އެތައް ހާސް ބަޔަކު ވެކްސިން ޖަހަން ކިއު ހަދައިފި އެވެ.

ކްލިނިކަލީ ގޮތުން ހަދަން ޖެހޭ ޓްރަޔަލްތަށް ނިމިފައި ނުވިޔަސް އިރުމަތީ ޒެޖިއާން ޕްރޮވިންސްގެ ޔިވޫ ސިޓީގެ ކޮމިޔުނިޓީ ހެލްތު ސެންޓަރުގެ ބޭރުގައި ވެކްސިން ނެރުމުގެ ކުރިން ކިއު ހަދައިފައިވެއެވެ. އަދި ވެކްސިން ޖަހައިދީފައިވަނީ ޑޯޒެއް 45ޕައުންޑަށެވެ. ވެކްސިން ޖެހުމުގެ ކުރިން ވެކްސިން ޖަހަން ވޮލެންޓިއަރ ކުރި ފަރާތްތަކުން ވަނީ ވެކްސިންގެ ސައިޑް އިފެކްޓްސް ތަކާއި ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ލިޔުމެއްގައި ސޮއިކޮށްފައެވެ. ފުރަތަމ ވެކސިން ޖެހިމީހުން އެވެކްސިންގެ 2ވަނަ ޑޯޒް 28ދުވަސް ތެރޭގައި ޖަހަންޖެހެއެވެ. ތަޖްރިބާ ކުރަން ނެރުނު ވެކްސިން ވަނީ 2ގަޑީރާއި 3މިނިޓު ތެރޭގައި ހުސވެފައެވެ.

.

ޔިވޫ ސިޓީގައި ކޮވިޑް-19އާއި ދެކޮޅަށް މަސައްކަތް ކުރާ މީހުންނާއި ކޮވިޑް-19 އަށް ހައި-ރިސްކް ގެ މީހުންނަށް ވެކްސިން ލިބޭނެ ގޮތް ހަދާނެ ކަމަށް އެ ސިޓީގެ އޮފިޝަލުން ވަނީ ބުނެފަ އެވެ.

ކޮވިޑް-19ގެ ވެކްސިން އުފައްދާފައި ވަނީ ޗައިނާ ސަރުކާރުގެ ކުންފުނި ސިނޮވެކް ބަޔޯޓެކް އިންނެވެ. އެ ކުންފުނީގެ ވެކްސިންގެ އެންމެ ފަހު ސްޓޭޖުގެ ޓްރަޔަލްތައް ބްރެޒިލް، އިންޑޮނީޝިއާ، ތުރުކީގައި އަދިވެސް ދަނީ ކުރިއަށެވެ. ޗައިނާ އިން ބުނެފައި ވަނީ ކޮވިޑް-19ގެ ވެކްސިން ތިން ހަފުތާ ތެރޭ ލޯންޗް ކުރާނެ ކަމަށެވެ.

ތިން ވަނަ ފޭހުގައި މިހާތަނަށްތަޙްލީލުތަށް ކުރިއަށް ގެންދާ 8 ވެކްސިންގެ ތެރެއިން ހަތަރު ވެކްސިނަކީ ޗައިނާގެ ކުންފުނިތަކުގެ އުފެއްދުމެވެ. ޗައިނާ ނޭޝަނަލް ފާމަރސޫޓިކަލް ގްރޫޕް (ސިނޯފާމް) އާއި ސިނޮވެކް ބަޔޯޓެކުން ދަނީ ތިން ވެކްސިނެއް އުފައްދަމުންނެވެ. ހަތަރު ވަނަ ވެކްސިން އުފައްދަނީ ކޭންސިނޯ ބަޔޯލޮޖިކްސް އިންނެވެ.

ޗައިނާ އިން ގެންދަނީ އިމަޖެންސީ ޕްރޮގްރާމެއްގެ ދަށުން ޖުލައި މަހުން ފެށިގެން، ސިއްޙީ އޮފިޝަލުންނަށް ކޮރޯނާވައިރަހުގެ ވެކްސިން ޖަހަމުންނެވެ. ނަމަވެސް މިއީ ޢާންމުންނަށް ވެކްސިން ޖަހަން ހުޅުވާލި ފުރަތަމަ ފަހަރުކަން ފާހަގަ ކުރެވެއެވެ..

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް