ވިހިއަހަރުވެފައިވާ އުޅަނދުތައް ނައްތާލަނީ

Loading

Facebook
Twitter
WhatsApp

ވިހި ނުވަތަ ތިރިސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އެއްގަމު އުޅަނދުތައް ނައްތާލުމުގެ ޕްރޮޖެކްޓެއް އަންނަ އަހަރު ފެށުމަށް ނިންމަވާފައިވާ ކަމަށް ޓްރާންސްޕޯޓް މިންސްޓްރީއިން ބުނެފިއެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ހުށައަޅައިފައިވާ ދެ އިސްލާހާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިއަދު މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒް ޢަލީ ވިދާޅުވީ، މާލެގެ ކާރޫބާރޫކަން ކުޑަ ކުރުމަށް ދުވަސްވީ ވެހިކަލްތަށް ނައްތާލުމުގެ ޕްރޮޖެކްޓެއް ފެށުމަށް ނިންމަވާފައިވާކަމަށެވެ.

ޝިމާޒް ވިދާޅުވީ 20 ނުވަތަ 30 އަހަރަށް ވުރެ ގިނަ އަހަރުވެފައިވާ އުޅަނދުތަށް ނައްތާލުމުގެ ޕްރޮޖެކްޓެއް އަންނަ އަހަރު ތެރޭގައި ފުލުހުންނާއި ގުޅިގެން އެބަ ފަށާ ކަމަށާއި އޭގެ ތެރޭގައި އުމުރުހަމަވެފައިވާ 100ވަރަކަށް ޓެކްސީ އެބަ އޮތް ކަމަށެވެ.

ނައްތާލަން ނިންމާފައިވާ ދުވަސްވީ ޓެކްސީ ހުރިކަން ފާހަގަ ކުރައްވައި ޝިމާޒް އިތުރަށް ވިދާޅުވީ، އެ އުޅަނދުތަށް ގުޅިފައިވަނީ އެތައް ސަތޭކަ އާއިލާއަކަށް ލިބެމުންދާ އާމްދަނީއާ ކަމަށެވެ. އަދި ވިދާޅުވީ، އެކަމުން އަރައިގަތުމަށް ޕްލޭންތަކެއް ހުރިކަމަށެވެ.

”އަޅުގަނޑުމެން މި ދައްކަނީ ޓެކްސީތަކެއް ނައްތާލާ ވަހަކަ. ދެން އެކަމަށްޓަކައި އިކޮނަމިކް މިނިސްޓްރީއާ މަޝްވަރާ ކުރެވިގެން ލޯނު ސްކީމެއްގެ ދަށުން ޓެކްސީ ޑްރައިވަރުންނަށް ޓެކްސީ ދިނުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ. އެ މަސައްކަތް ވެސް އަންނަ އަހަރު ތެރޭގައި ކުރިއަށް ދާނެ،“ ޝިމާޒް ވިދާޅުވި އެވެ.

މާލޭގެ އެކި ސަރަހައްދުތަކައި ނުދުއްވާ ބާވެ ހަލާކުވެފައިވާ ވެހިކަލްތައް ވެސް ހުރެ އެވެ. ނަމަވެސް މިހާރު ޤަވާއިދު އޮތް ގޮތުން އެތަކެތި ނެގޭކަށް ވެސް ނޯވެއެވެ. އަދި އަންނަ އަހަރު އެކަމަށް ވެސް ހައްލެއް ހޯދާނެ ކަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް