ލަންކާގައި ބޮން ގޮއްވާލި މައްސަލައިގައި ކުރީގެ ރައީސާއި އަނެއްކާވެސް ސުވާލުކޮށްފި

Loading

Facebook
Twitter
WhatsApp

މިދިޔަ އަހަރުގެ އޭޕްރީލް 21 ވަނަ ދުވަހު ސްރީލަންކާގައި ހިނގި ބޮން ގޮވުގެ ހާދިސާއާއި ގުޅިގެން އެޤައުމުގެ ކުރީގެ ރައީސް މައިތިރިޕާލަ ސިރިސެނާއާއި ހަތަރުވަނަ ފަހަރަށް ސުވާލުކޮށްފިއެވެ.

ކްރިސްޓިއަން ދީނުގެ މީހުން ފާހަގަކުރާ އީސްޓަރ އާއި ދިމާކޮށް ދިން މި ނިރުބަވެރި ހަމަލާގެ ސަބަބުން ޖުމްލަ 269ށް ވުރެން ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިގެން ގޮސްފައެވެ. އޭރު ލަންކާގެ ރައީސް ކަމާއި ހަވާލުވެ ހުންނެވީ މައިތިރިޕާލަ ސިރިސެނާއެވެ.

މިހާރު ރާޖަޕަކްސާގެ ވެރިކަމެއް އެކުލަވާލާފައި ވާއިރު، ރާޖަޕަކްސާގެ ސަރުކާރުން ވަނީ އެކަން ހިނގައިދިޔަ ގޮތް ބަލަން ތަހުޤީޤީ ކޮމެޓީ އެއް އެކުލަވާލާފައެވެ. މި ކޮމެޓީ އަށް ކުރީގެ ރައީސް ސިރިސެނާ މިފަހަރު ހަތަރުވަނަ ފަހަރަށެވެ.

ކޮމެޓީގައި މީގެ ކުރިން ސިރިސެނާ ވިދާޅުވެފައިވަނީ އޭނާގެ ސަރުކާރުގައި ހައްދުފަހަނަ އަޅާފައިވާ ޖަމާޢަތްތަށް ނުހުއްޓުވުނީ ބޭރުގެ އެމްބަސީތަކާއި އެންޖީއޯތަކުގެ ސަބަބުން ކަމަށާއި އެފަރާތްތަކުން މަސައްކަތް ކޮށްފައި ވަނީ އެފަދަ ޖަމާޢަތްތަކުގެ ޙިމާޔަތުގައި ކަމަށެވެ.

ސްރީލަންކާ އަށް ހަމަލާދިނުމުގެ ކުރިން އިންޑިއާގެ އިންޓެލިޖެންސުންވެސް ވަނީ އެފަދަ ޙަމަލާ އެއް އެ ޤައުމުގައި ދޭން އުޅޭކަމަށް ބުނެ ކުރީ ބައިގައި އިންޒާރު ދީފައެވެ. ނަމަވެސް ސްރީލަންކާގެ އިދާރާތަކުން އެ އިންޒާރުތަކަށް މާ ބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ.

މިކަމާއި ބެހޭގޮތުން ސިރިސެނާ އާއި ސުވާލު ކުރުމުން އެބޭފުޅާ ވިދާޅުވީ އެފަދަ ކަންކަމަށް ފިޔަވަޅު އަޅައި، ނުވަތަ އިސް ވެރިންގެ ސަމާލުކަމަށް ގެނައުމަކީ ސަލާމަތީ ބާރުތަކުގެ ޒިންމާ އެއް ކަމަށާއި އެއީ ޤައުމުގެ އެންމެ އިސް ވެރިޔާގެ ޒިންމާ ނޫން ކަމަށެވެ.

ޙަބަރުތައް ބުނާގޮތުން ލަންކާ އަށް އެ ހަމަލާ ދޭން އުޅޭކަމުގެ އިންޒާރު ލިބުމުން އެ އިންޒާރު ލިބުނު މުވައްޒަފު ވަނީ އެކަން އޭނާގެ ސީނިއާ ފަރާތްތަކަށް އަންގާފައެވެ. ނަމަވެސް އެ ފަރާތްތަކުން އެކަން ސީރިއަސްކޮށް ނަގާފައެއް ނުވެއެވެ. މިހާރު އެފަރާތްތައް ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް