ރާއްޖޭގައި އިންޑިއާ ސިފައިންގެ 200މީހުން އުޅޭނެ: ޢުމަރު

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި ތިންސަރަހައްދެއްގައި 200 އިންޑިއާ ސިފއިން އުޅޭނެކަމަށް ރާއްޖޭގެ ކުރީގެ ހޯމްމިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު ނަސީރު މިހެން ވިދާޅުވެފައި މިވަނީ މިއަދު މިފާހަގަ ކުރެވޭ ޤައުމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި މެސެޖެއްގައެވެ.

އެމެސެޖުގައި ޢުމަރު އތުރަށް ވިދާޅުވެފއިވަނީ މި ޒަމާނުގައި ދުނިޔޭގެ ބާރުތަކުން ޤައުމުތަށް އަޅުވެތި ކުރަނީ ކުރީގައި އާންމު ގޮތެއްގައި ހަނގުރާމަ ކުރާ އުސޫލަކުން ނޫން ކަމަށެވެ. އަދި މިޒަމާނުގައި އަޅުވެތިކަމުގެ ދަށަށް ގެންދިއުމުގައި ތަފާތު އުކުޅުތައް ބޭނުން ކުރާ ކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ އިންޑިއާގެ އަސްކަރިއްޔާގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމަކީ މިނިވަންކަމަށް އޮތް ގޮންޖެހުމެއް ކަމަށެވެ.

ޢުމަރު ނަސީރުގެ މިމެސެޖުގައި އިތުރަށް ވިދާޅުވެފައި ވަނީ އިންޑިއާގެ ޢސްކަރިއްޔާގެ 200ސިފައިން ރާއްޖޭގެ ތިން ސަރަހައްދެގައި ރުކުރުވާލވިފައިވާ ކަމަށާއި އަދި މިއީ ރާއްޖޭގެ މިނިވަން ކަމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ޢުމަރު މިހެން ވިދާޅުވިއިރު، ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބި ޢަދަދެއް އޮޅުން ފިލުވުމަށް ހުށައެޅުމުން އެމަޢުލޫމާތު ޑިފެންސް މިނިސްޓްރީ އިން ހާމަ ނުކުރި މައްސަލައެއް އިންފޮމޭޝަން ކޮމިޝަނަރ ގެ އޮފީހުގައި އަޑުއެހުމެއްވެސް ވަނީ ބާއްވަވާފައެވެ. އެ އަޑުއެހުމުގައި ދިވެހި އަސްކަރިއްޔާގެ އިސް ބޭފުޅުން ވިދާޅުވެފައިވަނީ އެއީ ދިވެހި ދަޢުލަތުގެ ސަލާމަތާއި ގުޅުން ހުރި ސިއްރެއް ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް