ބީއެމްއެލްއަށް ހުޅުމާލެއިން ބިމެއް ގަނެފި

Loading

Facebook
Twitter
WhatsApp

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޮފީސް އިމާރާތް ހެދުމަށް ހުޅުމާލެ އިން ބިމެއް ގަނެފިއެވެ.

ބީއެމްއެލް އިން މިބިން ގަނެފައިވަނީ 58.7 މިލިއަން ރުފިޔާއަށެވެ.

ބީއެމްއެލް އިން ގަނެފައި ވަނީ އެޗްޑީސީގެ މިލްކުގައިވާ ހުޅުމާލޭ ލޮޓް ނަމްބަރު 11611 އެވެ. އެއީ 15،822.5 އަކަފޫޓު (1469.96 އަކަމީޓަރު)ގެ ބިމެކެވެ. އެ ބިން ގަނެފައި ވަނީ އަކަފޫޓަކަށް 3،710.11 ރުފިޔާގެ ރޭޓުންނެވެ.

އެޗްޑީސީއިން ހުށަހެޅީ އެ ބިން 58،701،475 ރުފިޔާއަށް ވިއްކުމަށެވެ. އެ ގޮތަށް ދެ ފަރާތުން އެއްބަސްވެ، އެ ފައިސާ މިހާރު ވަނީ ދައްކައިފަ އެވެ. ބީއެމްއެލްއަށް ވިއްކި ބިމަކީ ހުޅުމާލޭ ސެންޓްރަލް ޕާކުގެ ދެކުނުން އަމީން އެވެނިއު އާއި އިންވެގެން އޮންނަ ބިމެވެ.

އެ ވިޔަފާރީގެ މުޢާމަލާތަކީ ސައްޙަ މުޢާމަލާތެއް ކަމަށް ނިންމައި ސިވިލް ކޯޓުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ޙުކުމްކޮށްފައެވެ. އެ ޙުކުމް އިއްވަވާފައި ވަނީ ސިވިލް ކޯޓުގެ ހުޅުމާލޭގެ ޑިވިޝަނާއި ހަވާލުވެ ހުންނެވި ގާޒީ ޢަބްދުﷲ ޢަލީއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް