ސްރީލަންކާއަށް ދާ މީހުން ނެގެޓިވް ޕީސީއާރް ޓެސްޓެއް ހުށައަޅަން ޖެހޭ ގޮތަށް ހަދައިފި

11

ސްރީލަންކާއަށް ދާ ފަރާތްތަކުންނާއި އެޤައުމުން ބޭރުވާ ފަރާތްތަކުން 3 ދުވަސް ނުވާ ކޮވިޑް-19 އަށް ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަން ޖެހޭ ގޮތަށް ނިންމައިފިއެވެ.

ސްރީލަންކާ ސަރުކާރުން ނިންމާފައިވާ މި ނިންމުމުގައި ބުނެފައިވަނީ އެޤައުމަށް އެތެރެވުމުގެ ކުރިން ނުވަތަ އެޤައުމުން ބޭރުވުމުގެ ކުރިން ގިނަވަގެން 72 ގަޑިއިރު ވެފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ސްރީލަންކާއަށް އެތެރެވާ ފަރާތްތަކުން ޕީސީއާރު ޓެސްޓު ހުށަހަޅާ ގޮތަށް ނިންމާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އަދި އެޤައުމުން ބޭރުވާ ފަރާތްތަކުން ޕީސީއާރު ޓެސްޓު ހުށަހަޅަން ނިންމި ނިންމުމަށް ޢަމަލު ކުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން ސްރީލަންކާއިން ގިނަ ފިޔަވަޅުތަކެއް އެޅިނަމަވެސް، ފަހަކަށް އައިސް އެޤައުމުން ޕްޒިޓިވް ކޭސްތަށް ފެންނަ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން މިހާރު އެކުލަވާލާފައިވާ އުސޫލުތަކަކީ ބަލި އިތުރަށް ފެތުރުން ކޮންޓްރޯލްކޮށް އެޤައުމަށް އަންނަ ފަރާތްތަކާއި، ބޭރުވާ ފަރާތްތަކުން ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ނިންމަވާފައިވާ ނިންމުމެކެވެ.

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން މާޗް ފަހުކޮޅުގައި ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ޖުލައި 15 ވަނަ ދުވަހު އަލުން ހުޅުވާލުމާއެކު ސްރީލަންކަން އިން އަންނަނީ ރާއްޖެއާއި ލަންކާއާއި ދެމެދު ފްލައިޓްތައް ބާއްވަމުންނެވެ.

އެއާލައިންސްއިން ހަފުތާއަކު އާދިއްތަ، ބުދަ އަދި ބުރާސްފަތި ދުވަހު އަންނަނީ ކޮލޮމްބޯއާއި މާލެއާ ދެމެދު ފްލައިޓްތައް އޮޕަރޭޓް ކުރަމުންނެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ