ޕީޕީއެމްއިން ޒުވާނުންނަށް ޚާއްސަ ސްޕޯޓްސް ކެފޭއެއް ހުޅުވަނީ

Loading

Facebook
Twitter
WhatsApp

އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ، ޕީޕީއެމުން ޒުވާނުންނަށް ހާއްސަކޮށްގެން ސްޕޯޓްސް ކެފޭ އެއް ހުޅުވުމަށް ނިންމައިފިއެވެ.

ޕީޕީއެމްގެ ޢާންމު މެންބަރުންނަށް ޙާއްސަކޮށްގެން އަލަށް ތަޢާރަފް ކުރި ލޯޔަލްޓީ ކާޑު ނެރުމަށް އިއްޔެ ބޭއްވި ޖަލްސާގައި ޕީއެންސީ އަދި ޕީޕީއެމް ހިމެނޭ އިދިކޮޅު އިއްތިހާދުގެ ފަންޑްރައިސިންއާއި ހަވާލުވެގެން ހުންނަވާ ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވީ، މިހާރު ރާއްޖޭގައި ސިޔާސީ ޕާޓީތައް ހިންގަމުން އަންނަ ގޮތަށް ޒަމާނީ ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ.

ސަޢީދުގެ ވާހަކަފުޅުގައި ވިދާޅުވީ، ޕީޕީއެމް އަދި ޕީއެންސީ އަށް ތާޢޫދު ކުރާ ޒުވާނުންނަށް ޚާއްސަކޮށްގެން ސްޕޯޓްސް ކެފޭ އެއް ހުޅުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

”ސްޕޯޓްސް ކެފޭ އެއް ނުވަތަ ކެފޭއެއް އަޅުގަނޑުމެން ވަރަށް އަވަހަށް ތަޢާރަފް ކުރާނަން“ ސަޢީދު ވިދާޅުވިއެވެ.

”ރައީސް ޔާމީން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި އިރު، ތިބި ޅަ ކުދިން މިހާރު 18 އަހަރު ފުރި ތިބީ ޒުވާނުންގެ ގޮތުގައި. އެކުދިންނަށް ފެނުނު ރައީސް ޔާމީން ގެންނެވި ފުރިހަމަ ތަރައްގީ. އަލަށް 18 އަހަރު ފުރޭ 80،000 އެއްހާ ޒުވާނުން އެބަ ތިބި“ ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އިދިކޮޅުގައި އެކި ކަންކަން ޕްރޮމޯޓު ކުރުމަށް ތަފާތު ޕްލޭންތައް ހެދިފައިވާ ކަމަށާއި ވަރަށް އަވަހަށް އެކަންކަން ފައްޓަވާނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް