ޗައިނާގެ ސިޓީއެއްގެ އެންމެން ފަސްދުވަހުން ޓެސްޓުކުރަނީ

Loading

Facebook
Twitter
WhatsApp

ޗައިނާގެ ސިޓީއެއް ކަމަށްވާ ޗިއަންޑައޮގެ އާބާދީގެ އެންމެން (ނުވަމިލިއަން މީހުން) އެންމެ ފަސްދުވަސް ތެރޭގައި ކޮވިޑް-19އަށް ޓެސްޓުކުރުމަށް ނިންމައިފިއެވެ.

ޗިންޑައޮގެ މުޅި އާބާދީ ޓެސްޓް ކުރަން ނިންމާފައި މިވަނީ އެ ސިޓީގެ ހޮސްޕިޓަލަކުން ފަރުވާ ހޯދި ބަޔަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ހޮސްޕިޓަލުން ފަރުވާ ހޯދާފައި ވަނީ ބޭރު ޤައުމެއްގައި އުޅެފައި ޗައިނާ އަށް ދިޔަ ބަޔެކެވެ.

ޗައިނާއިން މިދިޔަ މެއި މަހު ވަނީ ވޫހާން ސިޓީގެ 11 މިލިއަން މީހުން 10 ދުވަހުން ޓެސްޓްކޮށްފަ އެވެ. ޗައިނާ އިން ވައިރަސް ކޮންޓްރޯލްކޮށްފައި ވަނީ ޓެސްޓްކުރުން ފުޅާކޮށްގެންނެވެ. ތަޖްރިބާކާރުން ބުނާ ގޮތުގައި އެތައް މިލިއަން ބަޔަކު މަދު ދުވަސްކޮޅެއްގެ ތެރޭގައި ޓެސްޓް ކުރުމުގެ ގާބިލްކަން ޗައިނާ އިން މިހާރު ވަނީ ހޯދައިފައެވެ.

ޗިންޑައޮގެ މުނިސިޕަލް ހެލްތު ކޮމިޝަނުން ބުނީ އެ ސިޓީން ކޮރޯނާވައިރަހުގެ އާ ހަ ކޭސް އަދި އެއްވެސް އަލާމާތެއް ނުފެންނަ ހަމީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. މި ހުރިހާ ކޭސްތަކެއް ވެސް ގުޅިފައި ވަނީ އެއް ހޮސްޕިޓަލްއާ އެވެ.

އެކޮމިޝަނުން ބުނެފައި ވަނީ ޓެސްޓް ކުރުމުގެ ޕްރޮގްރާމް ފަށާފައިވާ ކަމަށެވެ. އަދި އުއްމީދަކީ ތިން ދުވަހުން ފަސް އަވަށް ޓެސްޓްކޮށް ނިންމުން ކަމަށެވެ. އަދި މުޅި ސިޓީ ފަސް ދުވަހުން ޓެސްޓް ކުރުމެވެ. ހޮސްޕިޓަލްގެ ސްޓާފުންނާއި ބަލި މީހުން ހިމެނޭ ގޮތަށް މިހާތަނަށް ޓެސްޓް ކުރެވުނު 114،862 މީހުން ވަނީ ނެގެޓިވްވެފަ އެވެ.

ޗައިނާގެ ސިޓީއަކުން އާ ކޭސްތަކެއް ފެނިފައި ވަނީ އެ ޤައުމުގައި ފާހަގަކުރާ ގޯލްޑަން ވީކް ބަންދު ދުވަސްތަކާ ދިމާކޮށެވެ. އެއީ ޗައިނާގައި އެތައް މިލިއަން ބަޔަކު އެއް ތަނުން އަނެއް ތަނަށް ދަތުރުކުރާ ދުވަސްވަރެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް