ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު ނުބާއްވާ ގޮތަށް ހަމަޖައްސައިފި

Loading

Facebook
Twitter
WhatsApp

ޤައުމީ ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކު ބާއްވާ ރަސްމީ ޖަލްސާ މިއަހަރު ނުބޭއްވުމަށް ސަރުކާރުން ނިންމަވައި އެކަން އިޢްލާނު ކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ވިދާޅުވެފައިވަނީ، ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން މި އަހަރުގެ ޖަލްސާ ނުބާއްވަވާ ގޮތަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.

އޭގެ އިތުރުން، ކޮވިޑް19ގެ ޙާލަތުން ޢާންމު ޙާލަތަށް ރުޖޫޢަވެވުމުން ޤައުމީ އިނާމު ދެއްވުމަށް ޙާއްސަ ޖަލްސާއެއް ބާއްވާނެ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

އެ ޖަލްސާ ބައްވާނެ ތާރީޚެއް ފަހުން އިޢްލާނު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ ހިޖުރީ އަހަރެއްގެ ރަބިއުލްއައްވަލް މަހުގެ އެއް ވަނަ ދުވަހެވެ. މި އަހަރުގެ ޤައުމީ ދުވަސް ބައްދަލުވަނީ މި އޮކްޓޯބަރ މަހުގެ 18 ވަނަ ދުވަހަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް