ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

Loading

Facebook
Twitter
WhatsApp

ފުލުހުންގެ ބެލުމުގެ ދަށުގައި ގިނަ ޢަދަދެއްގެ މަސްތުވާ ތަކެތި ނައްތައިލައިފިއެވެ.

މިއަދު މި ނައްތާލި މަސްތުވާ ތެކެއްޗަކި އެކި މައްސަލަތަކުގައި މިދިޔަ ޖޫން މަހާ ހަމަ އަށް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 12،778 އެވިޑެންސްގައި ހިމެނޭ މަސްތުވާތަކެއްޗެވެ. 300ކިލޯއަށްވުރެ ގިނަ މިތަކެތި މިއަދު ނައްތާލާފައިވަނީ ދޫނިދޫގަ އެވެ..

ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ޙަމީދާއި ފުލުހުންގެ އިސްވެރިން ވަނީ، މަސްތުވާތަކެތި ނައްތާލި ތަނަށް ވަޑައިގެންފައެވެ.

މިއަދު މަސްތުވާތަކެތި ނައްތާލިތަނަށް ވަޑައިގެން

ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ މުޖުތަމަޢުއެއް ޤާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އެ މަސައްކަތްތަކުގެ ތެރެއިން ފާއިތުވެދިޔަ ދުވަސްތަކުގައި ގިނަ ޢަދދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތަށް އަތުލައިގަންނަ މަސްތުވާތަކެތީގެ ތަހުޤީގީ މަރުޙަލާ ނިންމައި ވީހާ ވެސް އަވަހަކަށް އެތަކެތި ނައްތާލުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށްވެސް ވިދާޅުވި އެވެ.

 

މިފަހަރު ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި 25،880 ރަބަރު ޕެކެޓާއި 11،794 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި 734 ދަޅާއި 455 ބްލެޓާއި 233 ބިޑިއާއި 11،156 ބޭސްގުޅަ އަދި އެހެނިހެން ބާވަތުގެ 79،225 އެއްޗެހި ހިމެނެ އެވެ. އެ މަސްތުވާތަކެތީގެ ބަރުދަނުގައި 324 ކިލޯ ހުއްޓެވެ.

 

ފުލުހުން ވިދާޅުވ އެ އެއްޗެހީގައި 108 ކިލޯގެ ހެރޮއިންއާއި 158 ކިލޯ ކެނަބިސް އާއި 39 ކިލޯ މެޓަމްފެޓަމިން ރެސިމޭޓް އާއި 14 ކިލޯ ކޮކެއިން އަދި 1.7 ކިލޯގެ އެމްޑީއެމްއޭ ހިމެނޭ ކަމަށެވެ..

އެ މަސްތުވާތަކެތި ނައްތާލާފައިވަނީ މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗިއްސާމެދު ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލްއިން (ޕީޖީ) އެކުލަވާލާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް